ޚަބަރު

ކޮވިޑް-19: ދިރާގުން 30 ޕަސެންޓު ހިލޭ ޑޭޓާ ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރޗު އަދި އެޕްރީލް މަހުގައި 30 ޕަސެންޓު ހިލޭ އިތުރު އެލަވަންސް ދިނުމަށް ނިންމައިފިއެވެ.

Ads by Hajj Corporation

ދިރާގުން ބުނީ މިއީ ކޮވިޑް19އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން ދިރާގުގެ މޮބައިލް ކަސްޓަމަރުންނާއި ވިޔަފާރި ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ދިރާގުން ވަނީ ނިންމާފަ އެވެ.

އެ ލުއިތަކުގެ ތަފްސީލް ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް ދިރާގުން ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!