ދުނިޔެ

އިންޑިއާގެ އާ ތައުލީމީ ސިޔާސަތުގައި ފާރިސީ ބަސް ބަލައިގަންނާނަން: ޖައިޝަންކަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އާ ތައުލީމީ ސިޔާސަތުގައި ތާރީޚީ ބަހެއްގެ ގޮތުގައި ފާރިސީ ބަސް ހިމަނާނެކަމަށް އެގައުމުގެ އެކްސްޓާނަލް އެފެރއާސް މިނިސްޓަރ އެސް ޖައިޝަންކަރު ވިދާޅުވެއްޖެވެ.

Ads by WAMCO

ސަގާފީ ގުޅުންތައް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ އާ ތައުލީމީ ސިޔާސަތުގެ ދަށުން އިންޑިއާގެ ތާރީޚީ އަދި ރަސްމީ ނުވަ ބަހުގެ ތެރެއިން އެއް ބަހުގެ ގޮތުގައި އިންޑިއާ ސަރުކާރުން ފާރްސީ (ފާރިސީ) ބަލައިގަންނާނެ ކަމަށެވެ.

އަޅުގަނޑުމެންގެ އާ ތައުލީމީ ސިޔާސަތުގައި އިންޑިއާގެ ކްލެސިކަލް ނުވަ ބަހުގެ ތެރޭގައި ފާރިސީ ބަސް ހިމެނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައި.

އެސް ޖައިޝަންކަރު ވިދާޅުވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު އީރާނަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި މިކަން ހާމަކުރެއްވީ އީރާނުގެ ޚާރިޖީ ވަޒީރު އެޗް އާމިރު އަބްދުاللهޔަންއާ އެކު ހޯމަ ދުވަހު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގަ އެވެ.

މި ކަމުން ދައްކުވައިދެނީ، އިންޑިއާގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ފާރިސީ ސަގާފަތުގެ މުއްސަނދި ތަރިކައާ މެދު އިތުރަށް ވިސްނައި، އެކަމުގެ އަގު ވަޒަންކުރުމަށް އިންޑިޔާއިން ކުރާ މަސައްކަތްތަކެވެ.

މި ތާރީޚީ ބަހުގެ އިތުރުން ޕާލީ، ޕާޝިއަން އަދި ޕްރަކްރިޓް، އަދި އެމީހުންގެ ލިޔުންތެރިކަމުގެ މަސައްކަތްތަކުގެ މުއްސަނދިކަމާއި، އަންނަން އޮތް ޖީލުތަކަށްޓަކާ، މި ތަރިކަތައް ރައްކާކުރަންޖެހޭނެ.

އިންޑިޔާގެ ޤައުމީ ތަޢުލީމީ ސިޔާސަތު-2020 ގައި ބުނެފައިވެއެވެ.

ޖައިޝަންކަރު ވަނީ އީރާނުގެ ސްޓްރެޓެޖިކް ލޮކޭޝަން ބޭނުންކޮށްގެން މެދުއޭޝިއާ، އަފްޣާނިސްތާން އަދި ޔޫރޭޝިއާގެ މާކެޓަށް ވަނުމަށާއި ސަރަހައްދީ ގުޅުމާއި އިގްތިސާދީ އެއްބާރުލުން ދެ ގައުމުގެ ފައިދާއަށް ކުރިއެރުވުމަށް އިންޑިއާއިން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ސަރަހައްދީ ކަނެކްޓިވިޓީއަކީ އިންޑިއާ-އީރާނުގެ ގުޅުމުގެ މުހިންމު ތަނބެއް ކަމަށާއި މިދަތުރުފުޅުގެ މަޝްވަރާތަކުގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއްކަން ކަމުގައި ޖައިޝަންކަރު ފާހަގަ ކުރައްވާފައި ވެއެވެ. އަދި މެދުތެރޭ އޭޝިއާ، އަފްޣާނިސްތާން އަދި ޔޫރޭޝިއާގެ މާކެޓްތަކަށް ވަނުމަށް އީރާނުގެ ހާއްސަ ޖިއޮގްރަފިކަލް ޕޮޒިޝަންގެ ފައިދާ ހޯދުމަށް އިންޑިއާގެ ޝައުގުވެރިކަން އޮތްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އީރާނުގެ ރައީސާއި އެހެނިހެން އޮފިޝަލުންނާ އެކު ވަނީ މަޝްވަރާކުރައްވާފައެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ބޭނުމަކީ އަފްޣާނިސްތާނުގެ ހާލަތާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ. އިންޑިޔާގެ ތަޢުލީމީ ސިޔާސަތުތަކުގައި ފާރިސީ ބަސް ބަލައިގަތުމަކީ ފާރިސީ ބަސް މުއްސަނދިކުރުމާއި ދެ ޤައުމުގެ ސަގާފީ އަދި ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމުގައި އެޤައުމުގެ ދައުރު ދައްކުވައިދޭ ކަމެކެވެ.

އަފްޣާނިސްތާނާއި ތަޖިކިސްތާނަކީ ފާރިސީ ބަހުން ވާހަކަ ދައްކާ ސަރަހައްދުގެ އިތުރު ދެ ގައުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!