ދުނިޔެ

އިންޑިއާ އާއި އީރާނާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރަށް އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުاللهޔަން ހޯމަ ދުވަހު ތެހެރާނުގައި މަރުހަބާ ދަންނަވާއިފައެވެ.

Ads by Sosun Fihaara

ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ދެގައުމުގެ ޚާރިޖީ ވަޒީރުންވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) އާއި އަދި ބްރިކްސްގެ ގުޅުމުގެ ތެރެއިން ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުން ތައް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއަދު އަޅުގަނޑު އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރަށް މަރުހަބާ ދަންނަވާ، އެންމެ ފަހުގެ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންތައްތަކާ ބެހޭ ގޮތުން، ހާއްސަކޮށް އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު. އޭގެ އިތުރުން ޝަންހާއީ ކޯޕަރޭޝަން އާއި ބްރިކްސްގެ ގުޅުމުގެ ތެރެއިން ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުން ތައް ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުނު.

އިރާނުގެ ޚާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ އިޒްރޭލާއި ހަމާސް ހަނގުރާމަ ފަދަ ބައިނަލްއަގްވާމީ އަދި ސަރަހައްދީ އެންމެ ފަހުގެ ކަންކަމާ ބެހޭ ގޮތުން އެމަނިކުފާނާއި ޖައިޝަންކަރު މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ހުސައިން އާމިރު އަބްދުاللهޔާން ވަނީ އީރާން ކައިރީގައި އޮންނަ ބައިނަލްއަގްވާމީ ކަނޑުގެ މަގުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަދު ތެހެރާނުގައި، އިންޑިއާގެ ޚާރިޖީ ވަޒީރުގެ ސުބްރަމާނިއަމް ޖައިޝަންކަރަށް އަޅުގަނޑު މެހެމާންދާރީ އަދާކުރީ، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެންމެ ފަހުގެ ކުރިއެރުންތަކާއި، ޚާއްޞަކޮށް، ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުގެ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކާއި، ހިންގާ ޖަރީމާތަކާ ބެހޭގޮތުން،"

ހުސައިން އާމިރު-އަބުދުاللهޔަން އެކްސްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަނާއި ބްރިކްސްގެ ގުޅުމުގެ ތެރެއިން ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުން ތައް ބަދަހިވަމުންދާ މިންވަރު ބެލުމާއި، ސްޓްރެޓެޖިކް ކަނެކްޝަންތަކުގެ ހާލަތާއި، ޗަބަހާރު ބަނދަރު ތަރައްގީ ކުރުމާއި ނޯތު-ސައުތު ޓްރާންސިޓް ރޫޓްގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުނު ކަމަށްވެސް އީރާނުގެ ޚާރޖީ ވަޒީރު ވިދާޅުވިއެވެ.

އަދި އީރާނުގެ ކައިރީގައި ވާ ބައިނަލްއަގްވާމީ ކަނޑުގެ މަގުތަކުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް ވައިޓް ހައުސްއިން އަބަދުވެސް އެއްބާރުލުން ދިނުމަކީ މުޅި ސަރަޙައްދުގައި ނާމާންކަން ފެތުރުމުގެ އަސާސް ކަމުގައި ދެކޭކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރަށް ދެންނެވިކަމަށްވެސް އިރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

މި ބައްދަލުވުމަށްފަހު އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެއްވީ ޗާބަހާރު ބަނދަރާއި އިންޓަނޭޝަނަލް ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯ (އައިއެންއެސްޓީސީ) ކަނެކްޓިވިޓީ ޕްރޮޖެކްޓާ އެކު އިންޑިއާގެ ބައިވެރިވުން އޮންނާނެ ދިގު ރާސްތާ އޮނިގަނޑާ އެކުލަވލުމާއި ބެހޭ ގޮތުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!