އިންޑިއާ-ތައި ނޭވީގެ ގުޅިގެން ބޭއްވި ފުރަތަ އަސްކަރީ ތަމްރީންތައް ބާއްވައިފި
އިންޑިއަން ނޭވީ އާއި ރޯޔަލް ތައި ނޭވީ (އާރްޓީއެން) އިން ފުރަތަމަ ފަހަރަށް ބައިލެޓަރަލް އަސްކަރީ އެކްސަސައިޒެއް "އެކްސް-އަޔުއްތަޔާ"ގެ ނަމުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ އިންޑިއާގައި "އަޔޯދިޔާ" އާއި ތާރީހީ ތަރިކަތައް އޮންނަ އަދި ސަގާފީ ގޮތުން މުއްސަނދި ގުޅުމެއް އޮންނަ ތައިލެންޑުގެ "އާޔުއްތަޔާ"ގެ މުހިންމުކަން ރަމްޒުކޮށްދޭ އެކްސަސައިޒެއްކަމަށް ދެގައުމުން ބުނެފައި ވެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ޑިފެންސްއިން ބުނެފައިވަނީ، އިންޑޯ-ތައި ބައިލެޓަރަލް އެކްސަސައިޒް "އެކްސް-އަޔުއްތަޔާ" ރަމްޒު ކޮށްދެނީ "ދަ އިންވިންސިބަލް ވަން" ނުވަތަ "އަންޑިފެޓެބަލް" ކަމަށާއި، އަދި ރަމްޒު ކޮށްދެނީ ދެ ގައުމުގައިވާ ދުވަސްވީ ދެ ސިޓީ ކަމަށްވާ އިންޑިއާގެ އަޔޯދިޔާ އާއި ތައިލެންޑްގެ އަޔޫއްތަޔާ ކަމަށެވެ. އަދި މި ސިޓީތަކުގެ ތާރީހީ ލެގަސީއާއި، މުއްސަނދި ސަގާފީ ގުޅުމުގެ މުހިންމުކަންވެސް މި ތަމްރީމނުތަކުން ރަމްޒުކޮށްދޭ ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑޯ-ތައި ބައިލެޓަރަލް އެކްސަސައިޒް "އެކްސް-އަޔުއްތަޔާ" އަކީ "ދަ އިންވިންސިބަލް ވަން" ނުވަތަ "އަންޑިފެޓެބަލް" އަށް ތަރުޖަމާކޮށް، "އެންމެ ދުވަސްވީ ދެ ސިޓީ ކަމަށްވާ އިންޑިއާގެ އަޔޯދިޔާ އާއި ތައިލެންޑްގެ އަޔޫއްތަޔާގެ މުހިންމުކަމާއި، ތާރީހީ ތަރިކަތަކާއި މުއްސަނދި ސަގާފީ ގުޅުންތަކާއި އެތައް ގަރުނެއްގެ ތާރީޚީ ވާހަކަތައް ހިއްސާކުރާ ވާހަކަތަކެއް ރަމްޒުކޮށްދޭ އެކްސަސައިޒެއް،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދެ ގައުމުގެ ނޭވީގެ މެދުގައި މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20 އިން 23 އަށެވެ.
އިންޑިއާގެ ނެވީގެ އަސްކަރިއްޔާގެ އުޅަނދުތައް ކަމަށްވާ ކުލިޝް އާއި އައިއެން އެލްސީޔޫ 56 އިން ވަނީ މި އެކްސަސައިޒްތައް އިފްތިތާހުކުރުމުގައި ބައިވެރިވެފަ އެވެ. ރޯޔަލް ތައި ނޭވީގެ ފަރާތުން ތަމްސީލް ކޮށްފައިވަނީ ތައި މެޖެސްޓީސް ޝިޕް (އެޗްޓީއެމްއެސް) ޕްރަޗުއާޕް ކީރީ ޚާން ކަމަށްވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އިންޑިއާ-ތައިލެންޑް ކޯޑިނޭޓެޑް ޕެޓްރޯލް (އިންޑޯ-ތައި ކޯޕާޓް) ގެ 36 ވަނަ ބައިވެސް ދެގައުމުގެ ދެމެދުގައި ފުރަތަމަފަހަރަށް ބޭއްވުނު މި އެކްސަސައިޒް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މީގެ އިތުރުން މި އެކްސަސައިޒްގެ ކަނޑުގެ ތަމްރީންތަކުގައި ދެ ގައުމުގެ އަސްކަރިއްޔާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓް ވަނީ ބައިވެރިވެފައެވެ.