ދުނިޔެ

ލުފްތަންސާއިން އިންޑިއާގެ ޑިމާންޑް ބޮޑުވުމުން އެހެން ޤައުމުތަކުން ކެންސަލްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލުފްތަންސާގެ ޗީފް ކޮމާޝަލް އޮފިސަރު ހެއިކޯ ރެއިޓްޒް ބުރާސްފަތި ދުވަހު ވިދާޅުވީ ލުފްތަންސާއިން އެހެން ގައުމުތަކުން ފްލައިޓް ކެޕޭސިޓީ ނަގަމުން ދަނީ މިހާރު ޖަރުމަނު އެއާލައިންގެ އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ބޮޑު މާކެޓު ކަމަށްވާ އިންޑިއާގައި ދަތުރުފަތުރުގެ ޑިމާންޑް ބޮޑުވަމުންދާތީ ކަމަށެވެ.

Ads by Sosun Fihaara

ހައިދަރުއާބާދުގައި ކުރިއަށްދާ "ވިންގްސް އިންޑިއާ" އިވެންޓުގެ ހަވާސާގައި ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ރީޓްޒް ބުނީ ލުފްތަންސާ (LHAG.DE) އިންޑިއާއަށް ކުރާ ފްލައިޓް ކެޕޭސިޓީ ކޮވިޑްގެ ކުރިން އޮތް މިންވަރަށް ވުރެ 14 ޕަސެންޓް އިތުރު ކަމަށެވެ.

"އަޅުގަނޑުމެންގެ އެހެން މަންޒިލްތަކަށް ވުރެ އިންޑިއާ ދަނީ ހަލުވިކަމާއެކު ކުރިއަރަމުން. އެހެން މާކެޓްތަކުން ކެޕޭސިޓީ ނަގައިގެން އިންޑިއާއަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެހެން މަންޒިލްތަކަށް ވުރެ އިންޑިއާ ދަނީ ހަލުވިކަމާއެކު ކުރިއަރަމުން. އެހެން މާކެޓްތަކުން ކެޕޭސިޓީ ނަގައިގެން އިންޑިއާއަށް މި ގެންދަނީ،" އޭނާ ވިދާޅުވި އެވެ.

ސްވިސް އެއާ ހިމެނޭ ލުފްތަންސާ ގްރޫޕުން މިހާރު އިންޑިއާއަށް ހަފުތާއަކު 64 ފްލައިޓް ބާއްވަމުން އަންނައިރު، ބަލިމަޑުކަމުގެ ކުރިން 56 ފްލައިޓް އޮޕަރޭޓް ކުރެ އެވެ.

އިންޑިއާއަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު މަދަނީ ވައިގެ ދަތުރުފަތުރުގެ މާކެޓު ކަމަށާއި އެތެރޭގެ ދަތުރުވެރިންގެ ޓްރެފިކް 2030 ވަނަ އަހަރު 152 މިލިއަނަށް ވުރެ ދެގުނަ އިތުރުވެ 350 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، ބައިނަލްއަގުވާމީ ދަތުރުވެރިންގެ އަދަދު 160 މިލިއަނަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!