ދުނިޔެ

އިންޑިއާއިން ފޮރިން އިންވެސްޓްމެންޓްތައް ގެންނަން ބޮޑު މަސައްކަތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެގައުމަށް ފޮރިން އިންވެސްޓަރުން ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، "ކުރިއަށް އޮތް އަހަރުތަކުގައި" އަހަރަކު 100 ބިލިއަން ޑޮލަރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އެގައުމަށް ގެނައުމަށް އިންޑިއާ އިން ވިސްނަމުންދާ ކަމަށް އިންޑިއާގެ އައިޓީ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި 6-8 އިންސައްތައިގެ ކުރިއެރުމެއް އަޅުގަނޑުމެންނަށް ފެނިގެންދާއިރު، މިއީ ވަރަށް ސާފުކޮށް ވިސްނާފައިވާ ސްޓްރެޓެޖީއެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް. މި ސްޓްރެޓެޖީގައި މައިގަނޑު ހަތަރު އިންޖީނު (މުހިންމު 4 ކަމެއް) ހުންނާނެ.

ޑާވޯސްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު އަޝްވިނީ ވައިޝްނައު ވެސް ވިދާޅުވި އެވެ.

މި ހަތަރު އިންޖީނަކީ (ކަމަކީ) އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްމަންޓާއި، ފިޒިކަލް އަދި ޑިޖިޓަލް އިންވެސްޓްމަންޓާއި، އާބާދީގެ އެންމެ ފަގީރުކަމުގައި ތިބި މީހުންހެ ހާލަތު ބަދަލުކޮށް ކުރިއެރުވުމާއި، އުފެއްދުންތެރިކަން ކުރިއެރުވުމާއި، ވިޔަފާރީގެ ފަސޭހަކޮށްދީ، މަރުހަލާތައް ލުއިކޮށްދިނުން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭރުގެ އިންވެސްޓަރުން އިންޑިއާއަށް ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނައިރު، އެޕަލް، ސެމްސަންގް، ކިއާ އަދި އެއާބަސް ފަދަ ކުންފުނިތަކުން ވަނީ އިންޑިއާގައި ކުރަމުން އަންނަ ވިޔަފާރިތަކާއި އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.

މި އިންވެސްޓްމަންޓަކީ ޑިޖިޓަލް ޕޭމަންޓް، މެނުފެކްޗަރިން އަދި އީ-ކޮމާސް ފަދަ ދާއިރާތަކުގައި އިންޑިއާގެ ވިޔަފާރިތައް ހިމާޔަތް ކުރުމަށް މޯދީގެ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ބޭރުގެ ކުންފުނިތަކަށް ގެއްލުންވާ ގޮތަށް ގިނަ ފަހަރަށް ލޯކަލް ވިޔަފާރިތައް ޕްރޮމޯޓް ކުރާ ކަމަށް ބައެއް އެގްޒެކެޓިވްސް އިން ބުނަމުން ދަނިކޮށްކަން އިންޑިއާގައި ކުރިއަރަމުން އައިސްފައިވާ އިންވެސްޓްމަންޓްތަކެއްކަން ފާހަގަ ކޮށްލެވެއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިންޑިއާއަށް 33 ބިލިއަން ޑޮލަރުގެ އެފްޑީއައި (ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް) އައިސްފައި ވެއެވެ. އަދި 2022-23 ވަނަ އަހަރު 71 ބިލިއަން ޑޮލަރުގެ އެފްޑީއައި ރެކޯޑް ކޮށްފައިވެ އެވެ.

ދުނިޔޭގެ ބޮޑެތި އިގްތިސާދުތައްވެސް އިގުތިސާދީގޮތުން ދުވެލި ބާރުވަމުންދާ ނިސްބަތެކޭ އެއްފަދައިން، މި މާލީ އަހަރުގެ ތެރޭގައި އިންޑިއާގެ އިގްތިސާދު 7.3 ޕަސެންޓް ކުރިއަރާނެ ކަމަށް އެގައުމުން ލަފާކޮށްފައި ވެއެވެ.

އެހެންނަމަވެސް، އަދިވެސް ގިނަ އަދަދެއްގެ ވަޒީފާ ނެތް ޒުވާނުން އިންޑިއާގައި އެބަތިއްބެވެ. ބެލެވޭ ގޮތުގައި އިންޑިއާގެ ކުރިޔަށް އޮތް އިންތިޚާބުތަކުގައި މިއީ އެއްމެ ބޮޑަށް ބަހުސް ކުރެވިގެންދާނެ އެއް މައްސަލައެވެ.

ސަރަހައްދީ އެންމެ އެއް ވާދަވެރި ޗައިނާއާއި އަޅާބަލާއިރު، އިންވެސްޓަރުން މިހާރު ދެކެނީ އިންޑިއާއަކީ "އެންމެ މުހިންމު އިންވެސްޓްމަންޓް ޑެސްޓިނޭޝަން" ގެ ގޮތުގަ އެވެ.

މޯދީގެ ވިޔަފާރީގެ އެޖެންޑާގެ މައިގަނޑު ފިޔަވަޅެއް ކަމަށްވާ އިލެކްޓްރޯނިކްސް އުފެއްދުމުގެ ބާރުގަދަ ގައުމަކަށް ވުމަށް އިންޑިއާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޕަލް އާ އެކު އިންޑިއާއިން ދަނީ އެ ކުންފުނީގެ އުފެއްދުންތެރިކަމާއި ރީޓެއިލް ވަސީލަތްތައް އެ ގައުމުގައި އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިފޯން ޝިޕްމަންޓްގެ ގާތްގަނޑަކަށް 12-14 ޕަސެންޓް ހިއްސާކުރަނީ އިންޑިއާއިން ކަމަށް މިހާރު ވަނީ އަންދާޒާކުރެވިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!