ޓައިވާންގެ ކައިރިން އަނެއްކާ ވެސް ޗައިނާގެ އުޅަނދުތަކެއް
މިހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އާ ދެމެދު ޗައިނާގެ 15 އަސްކަރީ މަތިންދާބޯޓާއި ޓައިވާނުގެ ވަށައިގެން ވާ ކަނޑުގެ ތިން އުޅަނދެއް ނޭޝަނަލް ޑިފެންސް މިނިސްޓްރީން ވަނީ ޓްރެކްކޮށްފަ ވާކަމަށް ޓައިވާންގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްއިން (އެމްއެންޑީ) އިންބުނެފިއެވެ.
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ 15 މަތިންދާބޯޓުގެ ތެރެއިން ޝާންޝީ ވައި-8 އެންޓި ސަބްމެރިން ވޯފެއާ މަތިންދާ ބޯޓަކާއި ޗައިނާގެ އެއް ޑްރޯން ވަނީ ޓައިވާންގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން (އޭޑީއައިޒެޑް) ގެ ހުޅަނގު ދެކުނު ފަރާތަށް ވަދެފައި ކަމަށް އެމްއެންޑީން ބުނެ އެވެ.
އެހެންނަމަވެސް ޕީއެލްއޭގެ އެއްވެސް މަތިންދާ ބޯޓެއް ޓައިވާން ކަނޑުއޮޅި ހުރަސްކޮށްފައެއް ނުވާކަމަށްވެސް އެމްއެންޑީއިން ބުނެފައި ވެއެވެ.
އޭގެ ރައްދުގައި ޓައިވާނުން ވަނީ މަތިންދާ ބޯޓާއި ކަނޑުގެ އުޅަނދުތައް ފޮނުވައި ޕީއެލްއޭގެ ހަރަކާތްތައް މޮނިޓާ ކުރުމަށް އެއާ ޑިފެންސް މިސައިލް ސިސްޓަމްތައް ޑިޕްލޯއި ކޮށްފައި އެވެ.
އެމްއެންޑީން ވަނީ ޓައިވާންގެ ޕިންގްޓުންގްގެ ހުޅަނގު އުތުރުން 233 ކިލޯމީޓަރު (125 ނޯޓިކަލް މޭލު) ދުރުގައި 6،400 މީޓަރު (21،000 ފޫޓް) އުސްމިނުގައި ހޯމަ ދުވަހުގެ މެންދުރު ފަހު 2:20 ހާއިރު ޗައިނާގެ އެއް ބެލޫން (ވަޔަށް އަރުވާ ޖާސޫސީ ފުއްޕާހަން) ވެސް ޓްރެކްކޮށްފަ އެވެ.
މި މަހުގެ މިހާތަނަށް ބެއިޖިން އިން ވަނީ ޗައިނާގެ 129 އަސްކަރީ މަތިންދާ ބޯޓާއި 68 ކަނޑުގެ އަސްކަރީ އުޅަނދު ޓައިވާނުގެ ވަށައިގެން ފޮނުވާފަ އެވެ.
2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޗައިނާއިން ވަނީ ޓައިވާނުގެ ވަށައިގެން ހަރަކާތްތެރިވާ އަސްކަރީ މަތިންދާ ބޯޓުތަކާއި ކަނޑުގެ އުޅަނދުތަކުގެ އަދަދު އިތުރުކޮށް ގްރޭ ޒޯން ޓެކްޓިކްސް ބޭނުންކުރުން އިތުރުކޮށްފައެވެ.
ގްރޭ ޒޯން ޓެކްޓިކްސް މާނަކުރަނީ "ސީދާ ގޮތުގައި، ބާރުގެ ބޭނުން ނުކޮށް، ސަލާމަތީ މަގްސަދުތައް ހާސިލްކުރުމަށް ކުރާ މަސައްކަތެއް ނުވަތަ ސިލްސިލާއެއް" ގެ ގޮތުގަ އެވެ.