ދުނިޔެ

ބްލިންކަންގެ ތައުރީފް އިންޑިއާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއަކީ އާދަޔާ ހިލާފު "ކާމިޔާބީގެ ވާހަކައެއްގެ" ގޮތުގައި އެމެރިކާ އިން ދެކޭ ކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޒައާމަތުގައި އިންޑިއާގެ ލީޑަޝިޕްގެ ސަބަބުން އެކުވެރި ގިނަ ގައުމުތަކުގެ ގުޅުމަށް ފައިދާވެފައިވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

Ads by WAMCO

ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން ސެކްރެޓަރީ ބްލިންކެން ވިދާޅުވީ އިންޑިއާ-އެމެރިކާ ވާހަކައިން އަބަދުވެސް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ މުހިންމުކަން ދައްކުވައިދޭ ކަމަށާއި ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ދަތުރުކޮށްފައިވާ ކަމުގައެވެ.

އަޅުގަނޑުމެންނަށް ފެންނަނީ އާދަޔާ ހިލާފު "ކާމިޔާބީގެ ވާހަކައެއް"، އަޅުގަނޑުމެންނަށް ފެންނަނީ ބޮޑުވަޒީރު މޯދީ ހޯއްދަވާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ސަބަބުން ވަރަށް ގިނަ އެކުވެރިންނަށް މާލީ ގޮތުން މަންފާލިބި، ހެޔޮ އަސަރުތަކެއް ކޮށްފައިވާތަން. އަދި އަޅުގަނޑުމެންގެ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން، އާ ގިންތިއަކަށް ދަތުރުކޮށްފައިވާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. މިއީ ބޮޑުވަޒީރާއި ރައީސް ބައިޑަން ވިސްނުންތެރި މަސައްކަތުގެ ނަތީޖާ. ހަމައެއާއެކު، ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާ ބެހޭގޮތުން އިންޑިއާއާއި އެމެރިކާއިން ދައްކަމުން އަބަދުވެސް މިގެންދަނީ އެއް ވާހަކައެއް.

ބްލިންކެން ވިދާޅުވި އެވެ.

މި ފޯރަމްގައި ވާހަކައްދަކަވަމުން ބްލިންކަން ވިދާޅުވީ، ރައީސް [ބައިޑަން] ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ބޭނުންފުޅުވީ އެމެރިކާއިން ދެގައުމަށްފަހި ހާރިޖީ ސިޔާސަތުގެ ތެރެއަށް އެނބުރި ވަޑައިގެންނެވުމަށް ކަމަށެވެ.

އެއީ ޑިމޮކްރަސީއާއި، އިންސާނީ ޙައްޤުތަކާ ބެހޭގޮތުން، މި އަސާސީ ކަންބޮޑުވުންތައް ހައްލު ކުރުމުގެ ސިޔާސަތު، އަޅުގަނޑުމެން އެކަން ކުރީ. އެކި ތަންތަނުގައި އެކި ގޮތްގޮތަށް އެކަން އެމެރިކާއިން ކުރަނީ. އަޅުގަނޑުމެންގެ މެދުގައި އޮންނަ ގުޅުމުގެ ބާވަތުގެ ސަބަބުން، އިންޑިއާއާ އެކީގައި، އެއީ ވަރަށް ދެމެހެއްޓެނިވި، ވަރަށް ޙަޤީޤީ ވާހަކަތަކެއްގެ ތެރޭގައި ގުޅުންތައް ކުރިޔަށް ދަނީ، އަދި އަޅުގަނޑުމެންނަށް ހަމަ ޔަގީނުންވެސް ދެކެވޭ ވާހަކަތަކުން ދެގައުމުގެ ގުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ.

މީގެ އިތުރުން ބްލިންކެން ވަނީ ދާދި ފަހުން ބޭއްވި، ޗައިނާއިން ނުރުހުން ފާޅުކޮށްފައިވާ، ޓައިވާންގެ ރިޔާސީ އިންތިހާބަށާއި، އެ ގައުމުގެ ހާލަތަށް އެމެރިކާ އިން ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ޑިމޮކްރަސީއަށް އޮތް ޔަގީންކަމެއް އަޅުގަނޑުމެންނަށް އެބަ ފެނޭ. ޓައިވާނުގެ ރައްޔިތުންނަށް އަޅުގަޑުމެން މަރުހަބާ ކިޔަން. އަޅުގަނޑުމެންގެ އަސާސީ މަސްލަހަތަކީ ދެމެހެއްޓެވނިވި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން. ބެއިޖިން އާއި ޓައިވާނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ސުލްހަވެރިކަމާ އެކު ހައްލުކުރުން.  އެމެރިކާއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނު ފަހުން އެގުޅުން ކާމިޔާބުވުން ބިނާވެފައި އޮތީ  ޙަޤީޤަތުގައި ޓައިވާނުގެ މައްސަލައަށް. ސްޓޭޓަސް ކޯ (މިހާރުވެސް އޮތްގޮތް) ދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް އޮތް އެންމެ މުހިންމު ކަންތައް.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ އަހަރީ ބައްދަލުވުމުގައި ދުނިޔޭގެ ނާޒުކު ކަންކަމާއި ގުޅޭގޮތުން ވިސްނުން ބަދަލުކުރުމުގެ ފުރުޞަތު، އެއް ފިކުރެއްގެ ލީޑަރުންނާއި، ސިޔާސަތުތައް ކަނޑައަޅުއްވާ ފަރާތްތަކާއި، ސިނާއަތުގެ މާހިރުންނަށް ލިބިގެންދެއެވެ.

މި މަޝްވަރާތައް ކުރިއަށްދާއިރު، އިޤްތިޞާދީ ސިޔާސަތުތަކާއި، މާލީ ބާޒާރުތަކާއި، ދުނިޔޭގެ އިޤްތިޞާދު ބައްޓަންކުރާ ފުޅާ ކުރުމުގެ ވިސްނުމަށް އަސަރުކުރާނެ ކަންކަމަށް ފޯރަމްގެ ބައިވެރިން ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!