ދުނިޔެ

ރަތް ކަނޑުގެ ހަމަލާތަކުގެ ސަބަބުން ޗައިނާގެ ސަޕްލަޔަރުންނަށް ޕްރެޝަރ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ވިޔަފާރިވެރިޔާ ހާން ޗަންގްމިންއަށް ރަތް ކަނޑުގެ މުދާ އުފުލުމަށް ހުރަސް އެޅުމުގެ ސަބަބުން އިރުމަތީ ޕްރޮވިންސް ކަމަށްވާ ފުޖިއާންގައި ހުންނަ އޭނާގެ ވިޔަފާރީގެ ކުންފުނީގެ ދެމިއޮތުމަށް ވަނީ ނުރައްކާ ކުރިމަތިވެފަ އެވެ.

Ads by Sosun Fihaara

އެފްރިކާއަށް ޗައިނާއިން އުފައްދާ ކާރުތައް އެކްސްޕޯޓްކޮށް، ޔޫރަޕުން އޮފް ރޯޑް ވެހިކަލްތައް އެތެރެކުރާ ހާން ރޮއިޓާސްއަށް ވިދާޅުވީ، ޔަމަނުގެ އީރާނާ ގުޅިފައިވާ ހޫތީ ހަރަކާތުން ޝިޕިންއަށް ދޭ ހަމަލާތައް އިތުރުކުރުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހު ޔޫރަޕަށް ކޮންޓެއިނަރެއް ފޮނުވުމުގެ އަގު 3،000 ޑޮލަރަށް ވުރެ ގާތްގަނޑަކަށް 7،000 ޑޮލަރަށް އަރާފައިވާ ކަމަށެވެ.

"މި ހުރަސްތަކުގެ ސަބަބުން މިހާރު ވެސް ކުޑަ ފައިދާ އެއްކޮށް ނެތިގެން ހިނގައްޖެ،" ޝިޕިން-އިންޝުއަރެންސް ޕްރިމިއަމް ބޮޑުވުމުގެ ސަބަބުން 2016 ވަނަ އަހަރު އޭނާ އުފެއްދި ފުޒޫ ހާން ޗަންގްމިން އިންޓަނޭޝަނަލް ޓްރޭޑް ކޯ ލިމިޓެޑަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ހާން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބިޒީ އެއް ޝިޕިން ރޫޓް ފަޅައިގެން ދިއުމުގެ ސަބަބުން ޗައިނާގެ އެކްސްޕޯޓަށް ބަރޯސާވެފައިވާ އިގްތިސާދުގެ ނާޒުކުކަން ހާމަވެއްޖެ އެވެ. ޑާވޯސްގައި އަންގާރަ ދުވަހު ބޭއްވި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބޮޑުވަޒީރު ލީ ކިއާންގް ދެއްކެވި ވާހަކަފުޅުގައި، ރަތް ކަނޑުގެ މައްސަލައަށް ޚާއްޞަގޮތެއްގައި އިޝާރާތް ކުރުމެއް ނެތި، ދުނިޔޭގެ ސަޕްލައި ޗެއިންތައް "ސްޓޭބަލް އަދި ސްމޫތު" ކޮށް ބެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

"އެއީ ދާއިމީ އެއްޗެއް ނަމަ، އަދި ދާއިމީ ވެދާނެ ނަމަ މުޅި މެކޭނިޒަމް ރީޖަސްޓް ކުރެވޭނެ،" ޔޫރަޕަށް ޗައިނާއިން އުފައްދާ މެކޭނިކަލް ކޮމްޕޯނެންޓްސް އެކްސްޕޯޓް ކުރާ އައިސީ ޓްރޭޑްގެ ބާނީ މާކޯ ކަސްޓެލީ ވިދާޅުވި އެވެ. "ބައެއް [ކުންފުނިތަކުން] ޔޫރަޕަށް އެއް ހަފުތާ ކައިރި އިންޑިއާއަށް އިތުރު އުފެއްދުންތައް ބަދަލުކުރަން ވެސް ވިސްނާފާނެ. ކުންފުނިތަކުން ހުރިހާ ކަމެއް އަލުން އިވެލުއޭޓް ކުރަން އެބަޖެހޭ."

ރަތް ކަނޑުގެ އިތުރު ހުރަސްތަކުގެ ސަބަބުން، މުދަލުގެ ދަތިކަމާއި، ކަސްޓަމަރުންގެ ޑިމާންޑް ދަށްވެ، އާބާދީ ދަށްވެ، ދުނިޔޭގެ ކުރިއެރުން މަޑުޖެހިފައިވާ ޗައިނާގެ އިޤްތިޞާދަށް ޕްރެޝަރު ކުރިމަތިވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!