ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ޖާބިރު ބައްލަވާލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބައްލަވާލައިފިއެވެ.

Ads by Hajj Corporation

އިންޑިއާ ބޭންކް އެސްބީއައި އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ފަދަ ގިނަ އޮފީސްތަކެއް ހުންނަ ގަދަގޭ މުހައްދުފުޅު ބިލްޑިންގާއި އިތުރު އެހެން ދެ ބުރި އިމާރާތެއްގައި އަލިފާނުގެ ރޯވެ ހިނގި ހާދިސާ ހިނގި ސަރަހައްދަށް ޖާބިރު ޒިޔާރަތް ކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

މިކަން ހިއްސާކޮށް ޑީއާރްޕީ އިން ކުރި ޓްވީޓުގައި ވަނީ ހާދިސާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކަށް ހަމްދަރުދީ ފޮނުވައި ވީ އެންމެ އަވަހަކަށް އެބޭފުޅުން އާންމު ހާލަތަށް އިޔާދަ ވުމަށް އެދި ދުއާ ދަންނަވާފައެވެ.

 

ގާތްގަނޑަކަށް ރޭ 9:30 އެހާކަންހާއިރު ފުރަަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުން އާޓިފިޝަލް ބީޗާ ދިމާއަށް ވާގޮތަށް ހުންނަ "ކެފޭ ޓިއޯލޯ" ހިންގަމުން އައި ދެ ބުރި އިމާރާތުގަ އެވެ. އެ އަލިފާން ނިއްވާ ނުލެވި މުޅިތަން އަނދާ ހުލިވަމުން ދަނިކޮށް ޖެހިގެން ހުންނަ އެސްބީއައި، އާއި މުއާސަލާތީ ކުންފުނި އުރީދޫގެ އޮފީސް ހިންގާ، 12 ބުރީގެ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގުގެ އެން މަތީ ބުރިއާއި ޓެރަހުގައި އަލިފާން ރޯވެ ގެއްލުންތައްވީ އެވެ.

ގިނަ އަދަދެއްގެ ފަޔާމަނުންނާއި ފަޔާ ލޯރިތައް ބޭނުންކޮށް އަލިފާން ނިއްވާލެވުނީ ދަންވަރު 12:00 ޖަހައި ބޮޑުވި ފަހުންނެވެ. މި ބޮޑު އަލިފާނުގައި މީހަކަށް ގެއްލުމެއް ނުވެއެވެ. އެކަމަކު މާލީ ގެއްލުން މިލިއަނުން ގުނޭނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!