ޚަބަރު

ފަރުކޮޅު ފުށީގައި ބުޅާ ފެސިލިޓީއެއް އަޅަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާލޭ މަގުމަތީގައި ގިނަ ވެފައިވާ ބުޅާތައް ބެލެހެއްޓުމަށް ގާއިމުކުރަން ނިންމާފައިވާ ބުޅާ ފެސިލިޓީ ސަރުކާރުން އަޅަން ނިންމައިފިއެވެ.

Ads by Sosun Fihaara

ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް އަޅަން ބިން އޮތީ ލިބިފަ އެވެ. މިދިޔަ ސަރުކާރުގައި މާލެ ސިޓީ ކައުންސިލުން އެ މަސައްކަތް ކުރާނެ ކަމަށް ހާމަކުރި ނަމަވެސް، ފަރުކޮޅުފުށި ބަލަހައްޓަމުންދާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެތަން އަޅަން އަމިއްލަ ފަރާތްތަކަށް ވެސް ހުޅުވައިލިއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ސަރުކާރުން ނިންމާފައި ވަނީ އެ ފެސިލިޓީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއާ މާލެ ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއް ހަދައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

"މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއާ މާލެ ސިޓީއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މި ޕެޓް ކެއާގެ ފެސިލިޓީ ގާއިމްކޮށް، ކ. ފަރުކޮޅުފުށީގައި ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް މާލެ ސިޓީ ކައުންސިލުން ގާއިމްކޮށް، އެތަނަށް މާލެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެތަނުގައި ގާއިމް ކުރުމަށް ވަނީ ނިންމާފައި،" ކެބިނެޓް ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!