ދުނިޔެ

އިންޑިއާވާނީ ހުރިހާ ޤައުމެއްގެ ވެސް މިތުރަކަށް: ޖައި ޝަންކަރ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ންޑިއާއަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެވެސް މިތުރެއް ކަމަށާއި، އިންޑިއާ ދެމިއޮންނާނީ ދުނިޔޭގެ އެއްބައިވަންތަކަމަށް އަބަދުވެސް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި ކަމުގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

Ads by WAMCO

އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވަނީ 19 ވަނަ ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ އެއްބައިވަންތަކަމަށް ތަރުހީބުދޭ ގައުމެއްގެ ގޮތުގައި އިންޑިޔާއިން ދެމިއޮންނާނެކަމަށް ވިދާޅުވެފައެވެ.

މި ސަމިޓުގައި އިންޑިއާގެ ނޭޝަނަލް ސްޓޭޓްމަންޓްގައި ޖައިޝަންކަރު ވަނީ 78 ގައުމެއްގައި އެގައުމުން ކުރިޔަށް ގެންދާ 600 މުހިންމު ޕްރޮޖެކްޓަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ޖައިޝަންކަރު ވިދާޅުވީ، އެފްރިކާ ސަރަހައްދަށް ޚާއްސަކޮށްފެން އެގައުމުން ހިންގާ، 300 ޕްރޮޖެކްޓާއި 45،000 ޓްރެއިނިން ޕްރޮގްރާމްތަކުން އިންޑިއާއިން އެފްރިކާ ބައްރަށް ދޭ ހާއްސަ ސަމާލުކަން ރަމްޒުކޮށްދޭ ކަމުގައެވެ.

ޖައިޝަންކަރު ގެ ތަގުރީރު ފެއްޓެވީ ނާމް ސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ހޫނު މަރުހަބާއެއް ފޮނުއްވަމުންނެވެ.

ޔޫގެންޑާއިން މިމުހިންމު ދަނޑިވަޅުގައި ޗެއަރމަންކަމާ ހާވާލުވީތީ މަރުޙަބާ. ކާމިޔާބީއަށް އަޅުގަނޑުމެން ފުރިހަމަ އެއްބާރުލުން ދޭނަން."

"އަޒަރުބައިޖާން އަކީ އުނދަގޫ ދަނޑިވަޅެއްގައި ނާމްގައި އިސްދައުރެއް އަދާކުރާ ގައުމެއް ކަން އަޅުގަނޑު ފާހަގަކުރަން. އަދި އާ މެމްބަރެއްގެ ގޮތުގައި ދެކުނު ސޫދާނަށް ވެސް މަރުހަބާ ދަންނަވަން،"

މޯޑީގެ މެސެޖުގައި އޭނާ ވިދާޅުވި އެވެ.

އިންޑިޔާގެ ބައިނަލްއަޤްވާމީ އައުޓްރީޗަށް އަލިއަޅުއްވާލައްވަމުން ޖައިޝަންކަރު ވިދާޅުވީ، 78 ޤައުމެއްގައި 600 މުހިންމު މަޝްރޫޢުތަކެއް ހިންގައިގެން އިންޑިޔާއިން ދުނިޔޭގެ އެއްބައިވަންތަކަށް ދޭ ސަމާލުކަން ދައްކުވައިދޭކަމަށެވެ. އަދި އެއިން ކޮންމެ ގައުމަކީވެސް އިންޑިއާގެ ބައިވެރިއެއްގެ ގޮތުގައި އިޙްތިރާމް ކުރާކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

އެފްރިކާއަށް ބަލާއިރު، 300 ޕްރޮޖެކްޓާއި 45،000 ޓްރެއިނިން ޕްރޮގްރާމަކީ އަޅުގަނޑުމެންގެ އެއްބައިވަންތަކަން ހާމަކޮށްދޭ ކަމެއް.

ޖައިޝަނަކަރު ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އިންޑިއާގެ ދައުރަކީ ގައުމުތަކުގެ ކުރިއެރުމަށް ޓަކައި އެގައުމުގެ ތަޖުރިބާއާއި ވަސީލަތްތައް ހިއްސާކުރަން ތައްޔާރަށް އޮތްކަން ދައްކުވައިދޭ ކަމެއްކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ  ދަނޑިވަޅުގައި، ބައިނަލްއަޤްވާމީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިޔާއިން ޙަރަކާތްތެރިވަމުންދާކަން ފާހަގަކުރެއްވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!