ދުނިޔެ

އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ބަދަހިކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރު މުހައްމަދު ހަސަން މަހްމޫދާ ބައްދަލުކުރައްވައި ވިދާޅުވީ އަވަށްޓެރި ދެ ގައުމުގެ ގުޅުން "ބަދަހިވަމުން އަންނަ" ކަމަށެވެ.
ދެ ބޭފުޅުން ބައްދަލުކުރެއްވީ ކަމްޕާލާގައި ކުރިއަށްދާ ނާމް ސަމިޓުގެ ހަވާސާގަ އެވެ.

Ads by WAMCO

މި ބައްދަލުކުރެއްވުމަށްފަހު ޖައިޝަންކަރު އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ބަންގްލަދޭޝްގެ އާ ޚާރިޖީ ވަޒީރު ޑރ.މުޙައްމަދު ޙަސަން މަހުމޫދާ މިއަދު ކަމްޕާލާގައި ބައްދަލުކުރެއްވުމަކީ ވަރަށް އުފާކުރައްވާ ކަމެކެވެ. އަދި އެމަގާމަށް މަރުހަބާ ދަންނަވައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ދަނީ ބަދަހިވަމުންނެވެ. ވަރަށް އަވަހަށް ދިއްލީއަށް އޭނާ މަރުހަބާ ކިޔާނެ ކަމަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި އެކަމަނާގެ އަވާމީ ލީގު އިތުރު ދައުރަކަށް ވެރިކަމަށް ގެނައުމަށް މިމަހު ވަނީ ވޯޓު ދީފައެވެ.

ޖައިޝަންކަރު ވަނީ ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލުކުރައްވައި އެކްސްގައި ލިޔުއްވާފައި ވަނީ ކަމްޕާލާގައި ކުރިއަށްދާ ނާމް ސަމިޓުގެ ހަވާސާގައި ސްރީލަންކާގެ ރައީސް @RW_UNP ބައްދަލުކުރެއްވުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ. ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެމަނިކުފާނު ދެއްވާ އިރުޝާދުގެ އަގު ވަޒަންކުރައްވާ. އިންޑިޔާގެ ކޮމިޓްމަންޓް އަޅުގަނޑުމެންގެ ނެއިބަރހުޑް ފަސްޓް އަދި ސަގަރް ޕޮލިސީއިން ފެންނަން އެބަހުރި."

ޖައިޝަންކަރު ކަމްޕާލާއަށް ކުރެއްވި ދަތުރުފުޅުގައި ނާމް ސަމިޓުގެ ހަވާސާގައި އިތުރު ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!