ޚަބަރު

ކޮވިޑް-19: އަންނަތާރާ ދިގުއިން ފައްސިވި މީހާކާ ކޮންޓެކްޓުވި ދިވެއްސެއް ޓެސްޓުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ފައްސިވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެއްގެ ސާމްޕަލް ނެގުމަށްފަހު ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރިކޮށްފި އެވެ.

Ads by MWSC

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ ދިވެހި މީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެމީހާ އަކީ އެ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި މީހާކާ ޑައިރެކްޓު ކޮންޓެކްޓުވި މީހެއްކަމަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި މިހާރު އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުންދާތީ އޭނާގެ ސާމްޕަލް ނަގައި، ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަނަންތަރާ ދިގު ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބިދޭސީ ދެމަފިރިއަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެމީހުން ވެސް މިހާރު ތިބީ ފަރުކޮޅުފުށީގަ އެވެ. އަނަންތަރާ ދިގު ރިސޯޓްގައި ވެސް ބަޔަކު އެކަހެރިކޮށްފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!