ދުނިޔެ

ޕާކިސްތާނުން އިރާނަށް ދިން ހަމަލާގެ ޝިކާރައަކަށް ތިން ކުދިން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން އީރާނަށް ދިން ހަމަލާތަކުގައި ތިން ކުޑަކުދިން މަރުވެއްޖެއެވެ.

Ads by Sosun Fihaara

އީރާނާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އުފެދިފައި މިވަނީ ފާއިތުވި ދުވަސްތަކުގައި ދެގައުމުން މިސައިލް ހަމަލާތައް ބަދަލުކުރުމާ ގުޅިގެންނެވެ.

އީރާނުން ޕާކިސްތާނުގެ ބާރުގެ ދަށުގައި ވާ ބަލޫޗިސްތާނަށް ދިން ހަމަލާއަށްފަހު ޕާކިސްތާނުން ދިން ބަދަލުހިފުމުގެ ހަމަލާތަކުގައި، އީރާންގެ ސަރަވަންގައި ގިނަބަޔަކު ވަނީ މަރުވެފައެވެ.

މިހަމަލާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 9 އަށް އަރާފައިވާއިރު އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޓެލިޖެންސް އަށް ބަރޯސާކޮށް "މަގު ބާ ސަރްމަޗަރް" ގެ ނަމުގައި ހިންގި އޮޕަރޭޝަންގައި "ޓެރަރިސްޓުންތަކެއް" މަރާލާފައިވާ ކަމަށެވެ.

އިރާންއާއި ޕާކިސްތާންއާއި ދެގައުމުން ބަދަލުކޮށްފައިވާ ވައިގެ ހަމަލާތަކައި އަދި ޑިޕްލޮމެޓިކް ހަމަލާތަކަށްފަހު، އީރާނުން މިހާރު ވަނީ ތެހެރާނުގައި ހުންނަވާ އެންމެ އިސް ޑިޕްލޮމެޓް، ޕާކިސްތާނުގެ ޗާޖް ޑީ އެފެއާޒް ފޮރިން މިނިސްޓީއަށް ހާޒިރުކޮށްފައެވެ.

ޕާކިސްތާނުން ދިން ހަމަލާތަކަށްފަހު، ބަދަލު ހިފުމުގެ ހަމަލާތަކެއް އަންނާނެ ކަމަށްބަލާ އިސްލާމްއާބާދު އޮތީ ހައި އެލާޓްގަ އެވެ. އަދި އީރާނަށް އިންޒާރުދީ ބަޔާނެއް ވެސް ނެރެފައިވެ އެވެ.

ޕާކިސްތާނުން ވަނީ އީރާނުން ކެތްތެރިކަން އިސްކުރުމަށާއި ހާލަތު އިތުރަށް ގޯސްވެދާނެ ފަދަ އިތުރު ފިޔަވަޅެއް ނޭޅުމަށް އިލްތިމާސްކޮށްފަ އެވެ.

ހަމަލާތައް ބަދަލުކުރުމާ އެކު އަފްޣާނިސްތާނުގެ ތާލިބާނުންނާއި، ޗައިނާ، ތުރުކީ ފަދަ ގިނަ ގައުމުތަކުން ވަނީ ދެ ގައުމުން ވެސް ކެތްތެރިވުމަށް ގޮވާލައިފަ އެވެ.

އެހެންނަމަވެސް، ހަމަނުޖެހުން ތައް އިތުރުވުމުގެ ފުރުޞަތު އަދިވެސް ބޮޑުކަމަށް މަސްރަހު ދިރާސާކުރާ ފަރާތްކުން ދަނީ ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!