ދުނިޔެ

ޑިޖިޓަލް ޕޭމެންޓްގައި އިންޑިއާ އުޅެނީ އެމެރިކާއަށްވުރެ ކުރީގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާއަށް ހުލަނގުގެ ގައުމުތަކަށްވުރެ ބޮޑަށް ކުރިއަރާފައި ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ ދާއިރާއިން އިންޑިއާ ހޯދާފައިވާ ކުރިއެރުން ސިފަކުރައްވަމުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ ތިން އަހަރު ތެރޭ އެމެރިކާއިން ކޭޝްލެސް ޓްރާންސެކްޝަންތައް ކުރާ މިންވަރު އިންޑިއާއިން މަހަކުން ކުރާ ކަމަށެވެ.

ނައިޖީރިއާގައި ދިރިއުޅޭ އިންޑިއާ ކޮމިއުނިޓީގެ ރައްޔިތުންނާ ޖައިޝަންކަރު ބައްދަލުކުރެއްވީ މިހަފްތާގެ އާދީއްތަ ދުވަހު އެވެ.

އިންޑިއާގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުން ވެސް ފަސޭހަވެއްޖެ، އެއީ ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް އަހުލުވެރި ވެފައި ވުމުން. ފައިސާއިން މިކަން ފެންނާނެ، މިއަދު ވަރަށް މަދު ބަޔަކު ނަގުދު ފައިސާއިން ފައިސާ ދައްކަނީ، ވަރަށް މަދު ބަޔަކު ނަގުދު ފައިސާ ބަލައިގަންނަނީ… ތިން އަހަރު ތެރޭ އެމެރިކާއިން ކުރާ މިންވަރަށް މިއަދު އިންޑިއާގައި ކޭޝްލެސް ޕޭމަންޓް މަހަކުން ކުރޭ،" ޖައިޝަންކަރު ވިދާޅުވި އެވެ.

އަދި ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި އިންޑިޔާއަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ މައިގަނޑު ފަސް މިސާލެއްގެ މައްޗަށް އޭނާވަނީ އަލިއަޅުއްވާލެއްވިއެވެ. "އަޅުގަނޑަށް ފެންނަ ގޮތުގައި ގައުމަކުން ޗެލެންޖަކާ ކުރިމަތިލައި، އެ ޗެލެންޖުން އަރައިގަނެ، އެހާ ވަރުގަދަ އިގްތިސާދެއް އުފައްދައި، އެވްރެޖް ރައްޔިތެއްގެ ދިރިއުޅުން ރަނގަޅުވާ ގޮތާއި، ދުނިޔޭގެ ވިސްނުން ހިފަހައްޓައިދޭ ކަންކަމުގެ ގާބިލުކަން ހުރި ގޮތާއި، ގައުމުން ބޭރުގައި އަޅުގަނޑުމެންގެ ރައްޔިތުން ބަލަހައްޓާނީ ކިހިނެއްތޯއާއި، މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އިންޑިއާއަށް އައި ބަދަލުތަކުގެ ހަގީގީ ފަސް މިސާލެއް،" ޖައިޝަންކަރު ވިދާޅުވި އެވެ.

މީގެ އިތުރުން ޖައިޝަންކަރު ވަނީ އިންޑިއާއިން ކޮވިޑްގެ ބަލިމަޑުކަމާ ކުރިމަތިލި ގޮތާ މެދު ތައުރީފު ކުރައްވައި، އަދިވެސް ގިނަ ގައުމުތަކަކަށް އޭގެ އަސަރުން އަރައިނުގަނެވިފައިވާކަން ފާހަގަކުރައްވައި، އިންޑިއާއިން އެގައުމުގެ ހަތް މިލިއަން މީހުން ގައުމުން ބޭރުން އަނބުރާ ގެނެސްފައިވާކަން ފާހަގަކުރައްވާފައެވެ.

އިންޑިޔާއިން އެ ހާލަތުގައި އަމަލުކުރި ގޮތުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރަކާއި، ވަރަށް ބޮޑު އުއްމީދަކާއި، ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާކަމަށްވެސް ޖައިޝަންކަރު ވިދާޅުވިއެވެ.

ކޮވިޑު ފެށުނުއިރު، 2020 ވަނަ އަހަރު ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި ބުނެފައިވޭ ކޮވިޑާ އިދިކޮޅަށް އެންމެ ބޮޑަށް ނުކުޅެދިދާނެ ގައުމަކީ އިންޑިއާ ކަމަށް. އޭގެ ދެ އަހަރު ފަހުން އަޅުގަނޑަށް ފެނުނީ ކޮވިޑުގެ ރާޅާއި ލޮކްޑައުން ކަޑައްތުކޮށް… އިންޑިއާއިން ވަނީ ދުނިޔޭގެ އެހެން ގައުމުތަކަށް ބޭސް ފޯރުކޮށްދޭން ފަށާފަ،" އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވެފައިވަނީ އިންޑިއާއަކީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދުކަމަށާއި، ޖައިޝަންކަރު ވިދާޅުވީ ނިއުދިއްލީގައި އިންވެސްޓުކުރުމުގައި އިންވެސްޓަރުންގެ ވިސްނުން ވަރަށްބޮޑުތަކުން މިހާރު ބަދަލުވެފައިވާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެ ގައުމަށް އިންވެސްޓްމަންޓްތައް ވަރަށް ބޮޑަށް އިތުރުވެފައި ވާކަމުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!