ޚަބަރު

ކޮވިޑް-19: އަނަންތާރާ ދިގުއިން ފައްސިވި މީހަކާ ކޮންޓެކްޓްވި މީހާ ހުރީ ހުޅުމާލޭގައި

ދެން އެމްވީ ، ދެން އޮންލައިން

އަނަންތަރާ ދިގު ރިސޯޓްގައި ކޮވިޑް-19އަށް ފައްސި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެހި މީހާ އެންމެފަހުން ހުރީ ހުޅުމާލޭގައި ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން މިރޭ ބުނެފައި ވަނީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ދިވެހި މީހާ ކޮވިޑް-19 އަށް ޓެސްޓް ކުރަމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އޭނާ ޓެސްޓްތައް ކުރަނީ ފަރުކޮޅުފުށީގައި ބަހައްޓައިގެން ކަމަށެވެ.

ނަމަވެސް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ޑައިރެކްޓް ކޮންޓެކްޓްވި މީހާ ހުރީ އަނަންތަރާ ދިގު ރިސޯޓަކު ނޫން ކަމަށާއި ކޮންޓެކްޓް ޓްރޭސިންއިން އޭނާ ފާހަގަކުރެވުނުއިރު އޭނާ ހުރީ ހުޅުމާލޭގައި ކަމަށެވެ.

މަބްރޫކް ވިދާޅުވީ އަލާމާތްތައް ފެނުނު މުވައްޒަފު ފަރުކޮޅުފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

އަދި މިކަމާއި ގުޅިގެން އޭނާ ކޮންޓެކްޓްވި މީހުން ފާހަގަކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަނަންތަރާ ދިގު ރިސޯޓުން މި ބައްޔަށް ދެ މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެއީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބިދޭސީ ދެމަފިރިންނެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!