ދުނިޔެ

ދެކުނު ޗައިނާ ކަނޑުގައިވާ ވިއެޓްނާމްގެ ރަށްތަކަށް ވެސް ޗައިނާގެ ބާރުވެރިކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު ބުނީ ދެކުނު ޗައިނާ ކަނޑުގެ ޕެރަސެލް އަދި ސްޕްރެޓްލީ އައިލެންޑްސްއަށް ޗައިނާއިން ދައްކާ ވާހަކަތަކަށް ތާރީޚުން ތާއީދުކުރެވެނީ ވިއެޓްނާމުން އެރަށްތަކުގެ އިސްތިގުލާލު ހޯދުމަށް އެކަށީގެންވާ ހެކި ލިބިފައިވާކަން ހަފުތާ ބަންދުގައި ތަކުރާރުކުރުމުން ކަމަށެވެ.

Ads by WAMCO

ވިއެޓްނާމްގެ ހޯންގް ސާ އަދި ޓްރޮންގް ސާ އައިލެންޑްސްގެ ނަމުން ނަން ދީފައިވާ ޕެރަސެލް އަދި ސްޕްރެޓްލީ އައިލެންޑްސް އަކީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސަރަހައްދެކެވެ. ވިއެޓްނާމް، މެލޭޝިއާ، ފިލިޕީންސް، ޓައިވާން އަދި ބްރޫނާއީ ހިމެނެ އެވެ.

1974 ވަނަ އަހަރު ޗައިނާއިން ޕެރަސެލް އައިލެންޑްސްއަށް "އަރައިގަތުމާ" ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިއެޓްނާމްގެ ޚާރިޖީ ވުޒާރާއިން ބުނީ ވިއެޓްނާމުގެ އިސްތިގުލާލު ސާބިތުކުރުމަށް ފުރިހަމަ ގާނޫނީ އަސާސެއް އަދި ތާރީޚީ ހެކިތަކެއް އެބަހުރި ކަމަށެވެ.

"ހޯންގް ސާ އައިލެންޑްސްގެ މައްޗަށް ވިއެޓް ނަމްގެ އިސްތިގުލާލަކީ މަދުވެގެން 17 ވަނަ ގަރުނުން ފެށިގެން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާއިމުކުރެވި، ވިއެޓްނާމްގެ ފަހުން އައި ގައުމުތަކުން ސުލްހަވެރި، ދެމެހެއްޓެނިވި އަދި އާންމު ގޮތެއްގައި ހިންގަމުން އަންނަ ސިޔާދަތެއް،" އެ ބަޔާނުގައި ވެ އެވެ.

ނަމަވެސް ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޗައިނާގެ ވާހަކަތަކަކީ ތާރީޚާއި ޝަރީޢަތުން ފުރިހަމައަށް ތާއީދުކުރާ ވާހަކަތަކެއް ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން އާންމުކޮށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، މި ރަށްތަކާއި އާކިޕެލަގޯތައް އެންމެ ފުރަތަމަ ހޯދުމާއި، ނަން ދީ، ތަރައްގީކޮށް، މެނޭޖްކޮށް، އެރަށްތަކުގެ މައްޗަށް ސިޔާދަތީ އިޚްތިޞާޞް ކުރަމުން ގެންދާ ގައުމަކީ ޗައިނާ ކަމަށެވެ.

އަދި ޗައިނާގެ ސަރަޙައްދުގައި ކަމާބެހޭ ޤައުމުތަކުން ގާނޫނާ ޚިލާފަށް ދައްކާ ވާހަކަތަކާ ޗައިނާއިން އަބަދުވެސް ދެކޮޅު ހަދާ ކަމަށާއި، ޗައިނާގެ ސިޔާދަތު ހަރުދަނާގޮތެއްގައި ހިމާޔަތް ކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!