ސިޓީ ކައުންސިލްގެ 19 މެންބަރުންގެ ތެެރެއިން 16 މެންބަރުން ސަރުކާރު ކޯލިޝަންގައި
މާލޭ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިއްޖެ އެވެ.
ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު އާއި މާފަންނު ހުޅަނގު އުތުރުގެ ކައުންސިލަރު މުހައްމަދު އަރީޝް އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އައިޝަތު ނާޒިމާ އެވެ.
މި ތިން ކައުންސިލަރުން ޕީއެންސީއާ ގުޅުނު ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ތިން ކައުންސިލަރުންގެ ތެރެއިން އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގައި ހުންނެވުމަށް ފަހު، މިމަހުގެ ތެރޭގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފައްދަވާ ޕީއެންއެފަށް ސޮއިކުރެއްވި ކައުންސިލަރެކެވެ. އޭރު އޭނާ ވިދާޅުވީ ޕާޓީ ބަދަލުކުރީ، ރައީސް ޔާމީންގެ ނަންފުޅު ގޮނޑީގައި ޖަހައިގެން މި ސަރުކާރުން ވެރިކަމަށް އައިސް އެމަނިކުފާނު މިނިވަން ކުރުމުގެ ބަދަލުގައި އެތައް އަނިޔާއެއް ދެމުންދާތީ ކަަމަށެވެ.
ޕީއެންސީއަށް ދެން ސޮއިކުރީ އަރީޝް ކައުންސިލަށް ހޮވުނީ އެމްޑީޕީ ޓިކެޓުގައި ކަމަށްވާއިރު ނާޒިމާ ހޮވުނީ ޕީޕީއެމް ޓިކެޓުގައެވެ.
މިދިޔަ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލުގެ މެދު ހެންވެއިރު ދާއިރާއަށް ހުވާ ކުރެއްވި އަހުމަދު ރިޝްވާން ވެސް ވަނީ, މަގާމަށް ހުވާ ކުރެއްވުމުގެ ކުރިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ރިޝްވާނަކީ އެމްޑީޕީ ޓިކެޓުގައި ކައުންސިލް އިންތިޚާބުގައި ވާދަ ކުރެއްވި ބޭފުޅެކެވެ.
އަލަށް ޕީޕީއެމް ޕީއެންސީއާ ގުޅިވަޑައިގެން ތިން މެންބަރުންނާއެކު މިހާރު ސިޓީ ކައުންސިލުގައި ތިއްބެވި 19 މެންބަރުންގެ ތެރެއިން 16 މެންބަރުންނަކީ ޕީޕީއެމް ޕީއެންސީގެ ކޯލިޝަނަަށް ނިސްބަތްވާ މެންބަރުންނެވެ.
ގަދަކޮށްލާ