ދުނިޔެ

ޕާކިސްތާނުގެ ދަރަނި ނުރައްކާވާ ހިސާބަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން ދިރިއުޅެމުން ދަނީ ފަގީރުކަމުގެ ދަރަޖައިގެ ދަށުގައި ކަމަށާއި އަސްކަރިއްޔާގެ މަސްލަހަތު އޮންނަ ވަސީލަތްތަކުގެ ސިޔާސަތުތައް ކަނޑައެޅުމުން ޕާކިސްތާނުގެ އިގްތިސާދަށް މިހާރު ކުރިމަތިވެފައިވަނީ އެންމެ ބޮޑު ކާރިސާއެކެވެ.

Ads by WAMCO

ސިޔާސަތު ތައް ގޯސްވުމާއި، ކޮވިޑް-19 އާއި 2022 ވަނަ އަހަރު ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި، ދުނިޔޭގެ ނޭދެވޭ ޙާލަތްތަކުގެ ސަބަބުން ކުރިއެރުން މަޑުޖެހި، ފަގީރުކަން އިތުރުވެ، ދަރަނި ނުދެއްކުމުގެ އައްސޭރިއަށް ގައުމު ވެއްޓުނެވެ. ހަލަބޮލިވެފައިވާ އިޤްތިޞާދު ޑިކޮންސްޓްރަކްޓް ކުރެވޭނީ، ޕާކިސްތާނަކީ އެޤައުމުން އުފައްދާ މިންވަރަށްވުރެ ގިނައިން ޚަރަދުކުރާ ޤައުމަކަށްވެފައި، އެޤައުމުގެ އުފެއްދުންތެރިކަމުގެ ޤާބިލުކަން އިތުރުކުރުމުގެ ބަދަލުގައި، އިތުރު ލޯނުތަކާއެކު އިތުރުވަމުންދާ ޑެފިސިޓްތަކަށް ފައިނޭންސްކުރާ ޤައުމެއްގެ ގޮތުގައެވެ.

ޕާކިސްތާނުގައި މިހާރު ކުރިމަތިވެފައިވާ މާލީ ކާރިސާގެ ސީރިއަސްކަން ދައްކުވައިދޭ އެންމެ ބޮޑު އެއް ހެއްކަކީ ފާއިތުވި އަހަރުގެ ތެރޭގައި ކޮމާޝަލް ބޭންކުތަކުން ސަރުކާރުން ނަގާފައިވާ ލޯނުތައް ހަތަރު ގުނަ އިތުރުވުމެވެ. ދަރަނި ނެގުމަށް އެކަށީގެންވާ މިންވަރަށް ޓެކްސް ނަގަމުން ދިޔަ ނަމަވެސް ދަރަނި އިތުރުވަމުން ދަނީ ސަރުކާރު ހިންގުމުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތަކުގެ ސަބަބުން މާބޮޑު ލުޔެއް ނުލިބޭ ދަނޑިވަޅެއްގައި، އެތެރޭގެ އަދި ބޭރުގެ ދަރަނި އަދާކުރުމުގެ ޚަރަދު ތައް އިތުރުވެ، ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ބޮޑު ހޭދައެއް ކުރުމުގެ ސަބަބުންނެވެ.

2023 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ފެޑެރަލް ސަރުކާރުން ވަނީ ކޮމާޝަލް ބޭންކުތަކުން ޕާކިސްތާނަށް ވުރެ ގިނަ އިން 3.244 ޓްރިލިއަން ރުޕީސް ދަރަންޏަށް ނަގާފަ އެވެ. ފާއިތުވި މާލީ އަހަރާ އަޅާބަލާއިރު، އޭރުގެ ފެޑެރަލް ސަރުކާރުން ބޭންކްތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދަކީ އެންމެ 827 ބިލިއަން ރުޕީސް ނުވަތަ މިހާރު ނަގާފައިވާ ލޯނުތަކުގެ ހަތަރުބައިކުޅަ އެއްބައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ފިސްކަލް އިމްބެލެންސް ވަރަށް ބޮޑަށް ފުޅާވެ، އަދި ވެސް ދަނީ ފުޅާވަމުންނެވެ. ފިސްކަލް ޑެފިސިޓް ނުވަތަ ސަރުކާރުގެ އާމްދަނީ އާއި ޚަރަދުގެ ފަރަގު، މިހާރު ދިމާވެފައިވާ އެކްސްޓާނަލް އެކައުންޓް ކްރައިސިސްގެ މައިގަނޑު އަސާސެވެ. ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުގެ ބަޔާނުގައި ވާގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ޕާކިސްތާނުގައި ބެލެންސް އޮފް ޕޭމަންޓް ޑެފިސިޓް ހުރީ 2.067 ބިލިއަން ޑޮލަރަށެވެ. މި ޑެފިސިޓް ހިފެހެއްޓުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް އަދި ދެމިއޮންނާނެ ކަމެކެވެ.

ބޮޑެތި ހުރިހާ ދާއިރާއެއްގައި ވެސް ސިޔާސަތުތަކަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ރިއަލް އެސްޓޭޓާއި ދަނޑުވެރިކަމުގެ ދާއިރާއާއި ބާރުގަދަ މުއައްސަސާގެ ދަށުން ހިންގާ ގިނަ ސިނާއަތްތަކުން ޓެކްސް ނަގަމުން ދަނީ އެމީހުންގެ ފުރިހަމަ ގާބިލުކަން ހުރި މިންވަރަކުން ނޫނެވެ.

ދަނޑުވެރިކަމަށް މިހާރު ދެމުން އަންނަ ސަބްސިޑީއާއި، ސަރުކާރުގެ ޕްރޮކިއުމަންޓް އަދި އަގަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ދަނޑުވެރިން ބަންދުވެފައި ވަނީ އަގު ހެޔޮ، ބަދަލު ނުކުރެވޭ ދަނޑުވެރިކަމުގެ ނިޒާމުތަކަށާއި، ފެން ބޭނުންކުރާ ދަނޑުތަކަށެވެ. ހަކަތައިގެ ދާއިރާގައި ޓެރިފް ބޮޑުވުމުގެ ސަބަބުން ފަގީރު ކަސްޓަމަރުން ހިމާޔަތްކޮށް، ގެއްލުން ތައް ލިމިޓްކުރުމަށް މަގުފަހިވި ނަމަވެސް، މި ދާއިރާ ދެމެހެއްޓެނިވި ފެންވަރެއްގައި ބެހެއްޓުމަށްޓަކައި ބޮޑެތި ޑިސްޓްރިބިއުޝަނާއި ޓްރާންސްމިޝަން ގެއްލުމާއި، ޖެނެރޭޝަން ކޮސްޓް ބޮޑުވުން ކުޑަކުރަން ޖެހެއެވެ. ގޮންޖެހުންބޮޑު ވިޔަފާރީގެ މާހައުލަކުން އިންވެސްޓްމަންޓަށް ހުރަސް އެޅޭއިރު ވާދަވެރި މާކެޓުތަކުގައި ދައުލަތުގެ ވަރުގަދަ ބައިވެރިވުން ވެސް ހުއްޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!