ދުނިޔެ

ރަޝިޔާގެ ހަތިޔާރާ އިންޑިއާ ދުރަށް ޖެހިލި ނަމަވެސް ވަރުގަދަ ގުޅުމެއް ދަމަހައްޓާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަތިޔާރު ސަޕްލައި ކުރުމުގެ ގާބިލުކަން ރަޝިއާއަށް ހުއްޓިފައި ވަނިކޮށް އިންޑިއާއިން އެގައުމުގެ އެންމެ ބޮޑު ހަތިޔާރު ސަޕްލައިކުރާ ގައުމާ ދުރުވާން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މޮސްކޯ ޗައިނާއާ ގާތް ނުކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށް އިންޑިއާގެ މަސްދަރުތަކުން ބުނެ އެވެ.

Ads by WAMCO

ދުނިޔޭގެ އެންމެ ބޮޑު ހަތިޔާރު އެތެރެކުރާ ގައުމު މަޑުމަޑުން ހުޅަނގަށް ބަދަލުވަމުން ދަނީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ގުޅުން ބަދަހިކުރަން އެމެރިކާ އިން މަސައްކަތް ކުރަމުން ދަނިކޮށެވެ.

ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓުން ބުނި ގޮތުގައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން ގަތް 60 ބިލިއަން ޑޮލަރަށް ވުރެ ގިނަ ހަތިޔާރުގެ 65 ޕަސެންޓް ރަޝިއާއިން ސަޕްލައި ކުރި ނަމަވެސް ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އެގައުމުގެ ހަތިޔާރު ބޭސް ޑައިވާސިފައި ކުރުމަށް ބާރު އަވަސްވި އެވެ.

ނިއު ދިއްލީގެ ތިންކް ޓޭންކް އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ރަޝިއާގެ ތަޖުރިބާކާރެއް ކަމަށްވާ ނަންދަން އުނިކްރިޝްނަން ވިދާޅުވި ގޮތުގައި ރަޝިއާއާ އެކު ބޮޑު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ވޮޝިންޓަނަށް ރަތް ކުލައިގެ ލައިންއަކަށް ވާނެ އެވެ.

މޮސްކޯގެ ހުށަހެޅުންތަކާ އެކު، އިންޑިއާ ސަރުކާރުގެ ހަތަރު މަސްދަރަކުން ސިފަކޮށްފައިވާ އިރު، އޭގެ ތެރޭގައި ދާދި ފަހުން ރިޓަޔާ ކުރެއްވި ސެކިއުރިޓީގެ އިސް އޮފިޝަލަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ހަތަރު މީހުން ވެސް ވާހަކަ ދެއްކީ ނާޒުކު މައުޟޫއަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިއާ އާއި ރަޝިއާގެ ހާރިޖީ އަދި ދިފާއީ ވުޒާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!