ޗައިނާގައި ބޮޑެތި ހަމަނުޖެހުންތަކެއް
މިފަހަކަށް އައިސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީސީޕީ)ގެ ވެރިކަމަށް އަމާޒުކޮށް ޗައިނާގެ އެކި ކަންކޮޅުތަކުގައި ވަނީ ހީވެސް ނުކުރާ ވަރުގެ މުޒާހަރާތަކެއް އުފެދިފައެވެ.
މިއީ ސީސީޕީއަކީ ތާރީޚީ ގޮތުން އާބާދީގެ މައްޗަށް ވަރުގަދަ ހިފެހެއްޓުމެއް ދަމަހައްޓައި، ޚިޔާލު ތަފާތުވުންތައް ކަނޑުވާލައި، ކޮންޓްރޯލް ދަމަހައްޓަމުން އައި ބަޔަކަށްވާތީ، މި ބަދަލަކީ، ޗައިނާގައޮތް ޚުދުމުޚްތާރު އުސޫލުތަކާއި އާދަޔާ ޚިލާފަށް ދުރަށް ދިމެއްކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.
އެގޮތުން ޗައިނާގައި ކުރަމުންދާ މި މުޒާހަރާތައް އުފެދުމާ އެކު ސީސީޕީގެ ސަފުތަކުގެ ތެރޭގައި ކަންބޮޑުވުން އުފެދުނީ، އެ މީހުންގެ މެނޭޖް ކުރުމުގެ ގާބިލުކަމަށް ވުރެ ބޮޑަށް ހިތްހަމަނުޖެހުން އިތުރުވެދާނެ ކަމުގެ އިހުސާސް ކުރެވުމުންނެވެ.
ޗައިނާގެ އެކި ސަރަޙައްދުތަކުގައި ފުޅާވާން ފަށާއިފައިވާ މި މަންޒަރުތަކަށް ސޯޝަލް މީޑިއާގައި ޕްލެޓްފޯމްތަކުގައި އެގައުމުގައި ހިނގަމުންދާ މުޒާހިރާތައް މިހާރު އާންމުވަމުންދާއިރު، ގުއިޒޫ ޕްރޮވިންސާއި ޖިއާންގްޝީ ޕްރޮވިންސާއި ވެރިރަށް ބެއިޖިންގގައި ހިނގާ މުޒާހަރާތައް ދައްކުވައިދޭ ވީޑިއޯތައްވެސް ވަނީ ވައިރަލްވެފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ގުއިޒޫ ޕްރޮވިންސްގެ ކިއާންކްސިނާން ޕްރިފެކްޗާއަށް މި ކަމުގެ ސަމާލުކަން ލިބުނީ، އެ ގައުމުގެ ސަރުކާރުން ކަނޑައެޅި އާ ސިޔާސަތާ ދެކޮޅަށް އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާކުރަމުން ދަނިކޮށެވެ. މި ސިޔާސަތުގެ މަގުސަދަކީ ޒަމާނުއްސުރެ، އެތައް ޖީލަކަށް ދިގުދެމިގެން ގޮސްފައިވާ ޖަނާޒާގެ އާދަކާދަތަކަށް ބުރޫ އަރާ، ޖަނާޒާތަކުގައި ހަށިތައް އަންދާލުން މަރުކަޒީ ކުރުމެވެ ކުރުމެވެ.
މި މުޒާހަރާތަކުގެ ބައިވެރިންނާއި ކަމާބެހޭ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ހަތިޔާރު އެޅި ފުލުހުންނާއި ސްވޮޓް ގެ ޓީމުތައް ހަރަކާތްތެރިވެ ހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ދިން އިންޓަވިއުއެއްގައި އެރަށުގެ ރައްޔިތެއް ކަމަށްވާ ކައިފެންގްޔޫ ވަނީ މިކަން ފާހަގަކޮށްފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު ސަރުކާރުން ވަނީ ބިމުގައި ކަށްވަޅު ކޮނެގެން މީހުން ވަޅުލުމުގެ ސަގާފަތުގެ ބަދަލުގައި މީހުންގެ ހަށިތައް އަންދަން މަޖުބޫރުކޮށްފަ އެވެ.
މި ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ، އެތައް ސަތޭކަ ރަޔަޓް ފުލުހުން އެ އަވަށަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގުމާއި ގުޅިގެންނެވެ. އޭގެ ފަހުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ވިލެޖްގެ މީހުންނަށް އަނިޔާވެ، މާރާމާރީހިންގުމުގެ އިތުރުން މާބަނޑު އަންހެނަކު ވެސް އެކަމުގެ ޝިކާރައަކަށް ވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.