ދުނިޔެ

ޓްރަންޕަށް ޖަޕާނުގެ މެސެޖެއް: ޗައިނާއާއެކު ޑީލް ނަހަދާތި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އޭޝިއާގައި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާ، ޖަޕާނުން މަސައްކަތް ކުރަމުން ދަނީ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް މެސެޖެއް ދޭން: ބެއިޖިން ކޮންޓްރޯލް ކުރުމަށް އެތައް އަހަރެއް ވަންދެން އެންމެން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އެޅޭގޮތަށް އަދި ސަރަހައްދުގެ ނާޒުކު ސުލްހައަށް ނުރައްކާވެދާނެ ފަދަ އެއްވެސް އެއްބަސްވުމެއް ޗައިނާއާ އެކު ހަދަން މަސައްކަތް ނުކުރާށެވެ.

Ads by WAMCO

އަޔޯވާ އާއި ނިއު ހެމްޕްޝަޔާގެ ރިޕަބްލިކަން ޕްރައިމަރީގައި އުމުރުން 77 އަހަރުގެ ޓްރަމްޕް ކާމިޔާބު ކުރެއްވުމާ ގުޅިގެން، ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޓްރަމްޕް އެންމެ ކުރީގައި ހުންނެވި ބޭފުޅެއްގެ ގޮތުގައި ބައެއް ޕޯލްތަކުން ޓްރަމްޕް ފެނިވަޑައިގަންނަވާތީ، ޓޯކިޔޯއިން ވަނީ ޓްރަމްޕްގެ އަރިސް މީހުންނާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ފަހަކަށް އައިސް އިތުރުކޮށްފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ދައުވަތަކަށް އޭޕްރީލް މަހު އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ޖަޕާނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޓްރަމްޕާ ބައްދަލުކުރައްވަން މަސައްކަތް ކުރެއްވުމަށް ވެރިކަން ކުރާ ޕާޓީގެ އިސް ބޭފުޅަކު ފޮނުވުމާއި، ޖަޕާނުގެ ޑިޕްލޮމެޓުން ތިންކް ޓޭންކްތަކާއި ޓްރަމްޕާ ގުޅިފައިވާ އެމެރިކާގެ ކުރީގެ އޮފިޝަލުންނާ ގުޅުން ބަދަހިކުރުން ހިމެނޭ ކަމަށް ތިން އޮފިޝަލަކު ވިދާޅުވި އެވެ.

ޓޯކިޔޯގެ ކަންބޮޑުވުމުގެ ލިސްޓުގެ އެންމެ ބޮޑު އެއް ކަމަކީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންފި ނަމަ ދުނިޔޭގެ އެންމެ މަތީ ދެ އިގްތިސާދުގެ މެދުގައި ވިޔަފާރީގެ ނުވަތަ ސަލާމަތީ އެއްވެސް އެއްބަސްވުމެއް ހޯއްދަވައިގެން ޗައިނާއާ ދެކޮޅަށް ގްރޫޕް އޮފް ސެވަން (ޖީ7) ގެ މުއްސަނދި ގައުމުތަކުން ދާދި ފަހުން ކުރަމުން އަންނަ މަސައްކަތްތަކަށް ބުރޫ އަރާފާނެ ތީ ކަމަށް އެ މައްސަލައިގެ ނާޒުކުކަމުގެ ސަބަބުން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި ހަ އޮފިޝަލުން ވިދާޅުވި އެވެ.

2019 ވަނަ އަހަރު ބެއިޖިންއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ފަހުން ހަމަވި ޓްރަމްޕް، 2024 ވަނަ އަހަރުގެ ނޮމިނޭޝަންގެ ކެމްޕެއިންގައި ޗައިނާއާ އެކު ވެވިދާނެ އެއްވެސް އެއްބަސްވުމެއްގެ ވާހަކަ ދައްކަވާފައެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!