ޕާކިސްތާނުން ފައްސާލި އަފްގާނު މީހުން ހާލުގައި

ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ދާދި ފަހުން ނެރުނު ރިޕޯޓްތަކުގައި ބުނެފައި ވަނީ ޕާކިސްތާނުން ގަދަކަމުން އަނިޔާކޮށް ބޭރުކޮށްފައިވާ އަފްޣާނިސްތާނުގެ ހިޖުރަވެރިން ދަރަންޏަށް ފައިސާ ނަގަނީ ހަމައެކަނި ދިރިހުރުމަށް ކަމަށެވެ.
ފެބްރުއަރީ 1 ވާ ބުރާސްފަތި ދުވަހު އެ ޖަމިއްޔާއިން އާންމުކުރި ވީޑިއޯ ކްލިޕްގައި ވަނީ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނު ސަރުކާރުން އަފްޣާނިސްތާނުގެ ބައި މިލިއަނަށް ވުރެ ގިނަ ހިޖުރަވެރިން މަޖުބޫރުކޮށް ޑީޕޯޓްކޮށްލާފައިވާ ކަން ފާހަގަކޮށްފަ އެވެ.
އަފްޣާނިސްތާނުގެ ހިޖުރަވެރިންނަށް މިހާރު މަޖުބޫރުވެފައި ވަނީ ހަމައެކަނި އަމިއްލަ ނަފްސު ދެމެހެއްޓުމަށްޓަކައި ދަރަންޏަށް ފައިސާ ނަގަން ކަމަށާއި، އެއްވެސް ވަސީލަތެއް ނުވަތަ އެހީތެރިކަމެއް ނެތް ކަމަށް އެ އެޖެންސީން ބުނެއެވެ.
އެ ޖަމިއްޔާގެ ވެބްސައިޓުގައިވާ ގޮތުން ބޭރުކުރި ގާތްގަނޑަކަށް ހުރިހާ ހިޖުރަވެރިން ވެސް މިވަގުތު ތިބީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ އެވެ.
ވޯލްޑް ފުޑް ޕްރޮގްރާމުން ބުނީ، އެނބުރި އަންނަ ހިޖުރަވެރިންގެ ތެރެއިން ބައެއް މީހުން އަދިވެސް ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ކަމަށާއި، އެންމެ ބޮޑު ކަމަކީ ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
މިއީ އަފްޣާނިސްތާނުގެ ތާލިބާނުންގެ މިނިސްޓްރީ އޮފް ރެފިއުޖީސް އެންޑް ރިޕެޓްރިއޭޝަންސް އިން ކުރި އިއުލާނާ ގުޅިގެން، ޖަޕާނުގެ ސަފީރު އަފްޣާނިސްތާނުގައި އެނބުރި އަންނަ ހިޖުރަވެރިންނަށް އެހީވުމަށް އެކި ދާއިރާތަކަށް 100 މިލިއަން ޔެންގެ އެހީ ދިނުމަށް ވައުދުވެވަޑައިގެންފައިވާކަން އަންގައިދޭ ކަމެކެވެ.