ދުނިޔެ

އިންތިޚާބު ބޯމަތިވެފައި އޮއްވާ ޕާކިސްތާނުގެ ކެނޑިޑޭޓަކު މަރާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ސިދިކާބާދު ފަޓަކް ބާޒާރު ސަރަހައްދުގައި ޕާކިސްތާނުގެ ތަހްރީކޭ އިންސާފް (ޕީޓީއައި) އަށް ތާއީދުކުރާ އެންއޭ-8 ބަޖާއުރް ގެ ކެންޑިޑޭޓް ރެހާން ޒޭބް ޚާން މަރާލައިފި އެވެ.
އަމިއްލަ ގޮތުން ވާދަކުރައްވާ އިމްރާން އަކީ ޕްރޮވިންސް އެސެމްބްލީ ދާއިރާ ޕީކޭ-22 އަށް ވެސް ވާދަކުރެއްވި ބޭފުޅެއް ކަމަށް "ދަ އެކްސްޕްރެސް ޓްރިބިއުން" ނޫހުގައި ބުނެފައިވެ އެވެ.

Ads by Sosun Fihaara

ކުރިއަށް އޮތް އާންމު އިންތިހާބަށް އިމްރާން ސިއްދީކާބާދު ގޭޓުގައި ކެންވަސް ކުރަމުން ދަނިކޮށް ހަމަލާ ދިން މީހުން ވަނީ އިމްރާނަށް އަމާޒުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގިއިރު އޭނާ ދަތުރުކުރަމުން ދިޔައީ އޭނާގެ ވެހިކަލްގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިއީ 2022 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމާ ހަމައަށް ވެރިކަން ކުރި ސިޔާސީ ޖަމިއްޔާ ޕީޓީއައިއަށް އަމާޒުކުރި ދެވަނަ ފަހަރެވެ.

ބަލޫޗިސްތާނުގެ ސިބީ ސަރަހައްދުގައި އަންގާރަ ދުވަހު ޕީޓީއައިގެ އެއްވުމެއްގައި ބޮމެއް ގޮއްވާލައި ހަތަރު މީހަކު މަރުވެއްޖެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!