ދުނިޔެ

އައިފިލް ޓަވަރުގައި ޔޫޕީއައި އިފްތިތާހު ކުރުމަށް މޯދީ ވަޑައިގަންނަވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕެރިހުގެ އައިކޮނިކް އައިފިލް ޓަވަރުގައި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ރަސްމީކޮށް ތައާރަފްކުރުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއީ ޔޫޕީއައި ގްލޯބަލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.

Ads by Sosun Fihaara

"މިއީ ޔޫޕީއައި ގްލޯބަލް ކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއް. މިއީ ޑިޖިޓަލް ޕޭމަންޓްތަކަށް ހިތްވަރުދީ، ގުޅުން ބަދަހިކުރުމުގެ ރީތި މިސާލެއް،" މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ޕެރިހުގައި ހުންނަ އައިފިލް ޓަވަރުގައި ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ރަސްމީކޮށް އިފްތިތާހުކޮށްފައިވާ އިރު، މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ޔޫޕީއައި ގްލޯބަލް" ކުރުމުގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ފްރާންސްގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފި އެވެ.

ޔޫޕީއައި ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ފްރާންސްގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރިސެޕްޝަނުގައެވެ.

ފްރާންސްގައި ހުންނަ އިންޑިއާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޖުމްހޫރީ ދުވަހުގެ ބޮޑު ރިސެޕްޝަނުގައި އައިކޮނިކް އައިފިލް ޓަވަރުގައި ޔޫޕީއައި ރަސްމީކޮށް އިފްތިތާހުކޮށްފައިވާ ކަމަށެވެ. ޕީއެމް @narendramodi އިއުލާނާއި ޔޫޕީއައި ގްލޯބަލް ކުރުމުގެ ވިސްނުން ތަންފީޒުކުރުން."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!