ދުނިޔެ

ފިލިޕީންސްގެ އުޅަނދެއް "ގާނޫނާ ހިލާފަށް" ބަދަރުކުރީ ދެބަސްވާ އަތޮޅަކަށް: ޗައިނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން ހޮނިހިރު ދުވަހު ބުނީ ފިލިޕީންސްގެ ކުޑަ މަދަނީ އުޅަނދެއް ދެކުނު ޗައިނާ ކަނޑުގެ އަތޮޅެއްގެ ގޮނޑުދޮށުގައި ގާނޫނާ ހިލާފަށް ބަހައްޓާފައިވާ ކަމަށެވެ.

Ads by WAMCO

މިދިޔަ ހުކުރު ދުވަހު ސްޕްރެޓްލީ އައިލެންޑްސް އަތޮޅަށް ޖެއްސި މި ބޯޓު އޮތީ ސަޕްލައިގެ ބޭނުމަށް ކަމަށް ޗައިނާ ކޯސްޓްގާޑުން ވަނީ ވެއިކްސިން ޕްލެޓްފޯމްގައި ހަރަކާތްތެރިވެފަ އެވެ.

ފިލިޕީންސްގެ ކޯސްޓްގާޑާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ފޮރިން މިނިސްޓްރީގެ ބަހެއް ހޮނިހިރު ދުވަހު ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފިލިޕީންސްގެ އަޔުންގިން އަދި ޗައިނާގެ ރެނާއީ ރީފްގެ ނަމުން ނަންދީފައިވާ ދެވަނަ ތޯމަސް ޝޯލްގެ މައްޗަށް އެގައުމުގެ އިސްތިގުލާލުގެ ބާރު ގަދަކުރުމުގެ ގޮތުން 1999 ވަނަ އަހަރު ގްރައުންޑް ކުރި ދެވަނަ ބޮޑު ހަނގުރާމައިގެ އުޅަނދުގައި ފިލިޕީންސް އިން ވަނީ މަދު އަދަދެއްގެ ސިފައިން ބައިތިއްބާފަ އެވެ.

އޭޝިއާގެ ދެ ގައުމުގެ ގުޅުން ހީނަރުވެފައިވާ ސަފުގައި އެ އުޅަނދު ޓޯ ކުރުމަށް ބެއިޖިން އިން މިދިޔަ އަހަރު އެދުމުން މެނީލާ ވަނީ އެކަމަށް ދެކޮޅު ހަދައިފަ އެވެ.
ވިއެޓްނާމް، ފިލިޕީންސް، މެލޭޝިއާ، ބްރޫނާއީ އަދި އިންޑޮނޭޝިއާއިން ދަޢުވާކުރާ ސަރަޙައްދުތައް ހިމެނޭގޮތަށް ދެކުނު ޗައިނާ ކަނޑުގެ ގާތްގަނޑަކަށް މުޅި ސަރަޙައްދުގެ އިސްތިޤްލާލު ޗައިނާއިން ދަނީ ދަމަހައްޓަމުންނެވެ. ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން 2016 ވަނަ އަހަރު ޗައިނާއިން ދެއްކި ވާހަކަތަކަށް ގާނޫނީ އެއްވެސް އަސާސެއް ނެތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!