ޚަބަރު

މާޔޫސްނުވޭ، އިގުތިސޯދު ސަލާމަތްކުރާނެ ވިސްނުން އެބަ ހުރި: ރައީސް

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް، ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގްތިސާދީ ހާލަތު، ދަށް ނަމަވެސް ރައްޔިތުން މާޔުސްނުވާން ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

Ads by Sosun Fihaara

ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑޫ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި އެމަނިކުފާނު ރަށްތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާ ކަމަށެވެ. އެއީ ފުއްދުމުގެ ނިޔަތުގައި ވެވަޑައިގެންނެވި ވައުދުތަކެއް ކަމަަށް ވިދާޅުވިއެވެ. ދެއްވި ޔަގީންކަމަކީ ވެވަޑައިގެންނެވި ހުރިހާ ވައުދެއް އަކުރުން އަކުރަށް ފުރިހަމަކަމާއި އެކީގައި ފުއްދަވާނެކަމެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޗައިނާ އަށާއި ތުރުކީ އަށް ކުރެއްވި ދަތުރުފުޅުތަކުން ރައްޔިތުންނަށް ބޭނުން ޖެހިފައިވާ އެންމެ މުހިއްމު މައްސަލަތަކުގެ ހައްލު ގެނައުމުގެ ބިންގާ އެޅިގެން ގޮސްފިއެވެ. އެ މައުޝޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރަން ކަނޑައަޅާފައިވާ ކަންތައްތައް، ކަނޑައަޅާފައިވާ މިންވަރަށް ހާސިލުވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ފަސް އަހަރަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ހާސިލުވެގެން ދާނީ އާމްދަނީ އިތުރުވާނެ ކަންކަމާއި އެކީގައެވެ. އެކަން ކަމަށްވެސް މިހާތަނަށް ނިންމާފައިނުވާ މުހިއްމު ނިންމުންތައް ނިންމާފައިވާނެކަން ހާމަކުރެއްވިއެވެ.

އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން ގާއިމްކުރުމާއި ބައިނަލްއަގްވާމީ ފައިނޭންޝަލް ސެންޓަރު ގާއިމުކުރުން ފަދަ ކަންކަމެެވެ. ވިދާޅުވީ އެއީ އިގްތިސާދީ ގޮތުން ބާރުވެރިވެގެންދާނެ ކަންކަން ކަމަށެވެ. އެހެންވެ ރައްޔިތުންގެ ގާތުން އެދިވަޑައިގެންނެވީ އުއްމީދުގައި ތިއްބެވުމަށެވެ.

ހުރިހާ ކަމަކީ އެހާ ބޮޑަށް މާޔޫސްކަމުގެ ތެރޭގައި އެއްވެސް ކަހަލަ އުއްމީދެއް ނެތް ގޮތަށް އިގްތިސާދު މިހެން އޮތީމަ އޮތް ކަމެއް ނޫންކަން. އެކިއެކީގައި އެތައް ކަމެއް އަޅުގަނޑުމެން އެބަކުރަން. ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަމުން އެބަދޭ. ރައްޔިތުން ފުރިހަމަ ޔަގީންކަމުގައި އުއްމީދުގައި ތިއްބަވަން އެދެނީ

ރައްޔިތުންގެ ކަންތައްތައް ފުއްދުމަށްޓަކައި ވަޒީރުންގެ ޓީމުން ރެއާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!