ޚަބަރު ސަރުކާރު

ބުޅާ ފެސިލިޓީ އަޅާ ބިން ސިޓީ ކައުންސިލާ ހަވާލުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކެޓް ޝެލްޓާ އެޅުމަށް ހަމަޖެހިފައިވާ ބިން މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފިއެވެ.

Ads by STELCO

މި މަޝްރޫޢު މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

މި މަޝްރޫޢު ހިންގުމަށްޓަކައި މިއަދު ހުޅުމާލެ އިން 5،000 އަކަފޫޓުގެ ބިމެއް ހަވާލުކޮށްފައި ވާއިރު ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢު ހިންގުމަށްޓަކައި އިތުރު 1،800 އަކަފޫޓް ލިބޭނެ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ހުޅުމާލޭގައި ކެޓް ޝެލްޓާ ތަރައްޤީކޮށް ނިމުމުމް މާލެ ސަރަހައްދުގައި ގިނަވެގެން އުޅޭ ބުޅާތަކުގެ ސަބަބުން އާންމުންނަށް ކުރިމަތިވާ އުދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ.

ހުޅުމާލޭގައި ކެޓް ޝެލްޓާ ތަރައްޤީ ކުރަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާއި ކެޓް ޝޮޕެއް ވެސް ހިމެނޭހެންނެވެ.

މީގެ އިތުރުން ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓުމަށްވެސް ތަނެއް ހެދުމަށް ހަމަޖެހިފައި ވެއެވެ.

މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް ތަރައްޤީ ކުރުމަކީ ރައީސް ޑރ.  މުހައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!