އިންސާފުވެރި އިންތިޚާބަކަށް ގޮވާލައި ޕާކިސްތާނުގެ ޕީޓީއައިއަށް ތާއީދުކުރާ ފަރާތްތަކުން އިހުތިޖާޖު ކުރަނީ
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އިންތިޚާބުގެ އެއް ދުވަސް ފަހުން ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު އެގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށްފައެވެ.
ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ލަސްކުރުމާ ދެކޮޅަށް ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީ (ޕީޓީއައި) ގެ ސަޕޯޓަރުން ހުކުރު ދުވަހު ވަނީ މަގުތައް ބަންދުކޮށް މަގުމަތީގައި މުޒާހަރާކޮށްފަ އެވެ.
ޕީޓީއައި އާއި އިމްރާންގެ ތާއީދު އޮތް އަމިއްލަ ކެންޑިޑޭޓުން، ގައުމީ އިންތިހާބުގެ ކުރީކޮޅު، ވޯޓުގައި ކުރީގައި ތިއްބެވީ، ހަމަނުޖެހުންތަކާއި، ކުރިން ކަނޑައެޅިފައިވާ ނަތީޖާއެއް އަންނާނެ ކަމުގެ ތުހުމަތުތަކާއި، މޯބައިލް ފޯނުގެ ހިދުމަތް މެދުކަނޑާލުމުންނެވެ.
އެގައުމުގެ އިންތިހާބާ ބެހޭ ކަންކަން ބަލަހައްޓާ އިދާރާއިން އިއުލާނުކުރި 156 ނެޝަނަލް އެސެމްބްލީގެ ނަތީޖާގެ ތެރެއިން ޕީޓީއައިއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށް ލިބިފައިވަނީ 59 ގޮނޑި އެވެ.
ތިން ފަހަރު ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގު ޕާޓީ (ޕީއެމްއެލްއެން) އަށް 46 ގޮނޑި ލިބިފައިވާއިރު، ބިލާވަލް ބުއްޓޫ-ޒަރްދާރީގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އަށް ލިބިފައިވަނީ 39 ގޮނޑި އެވެ.
ހުކުރު ދުވަހުގެ ރޭގެ ނިޔަލަށް ފައިނަލް ނަތީޖާ ލިބޭނެ ކަމަށް ބެލެވުނެވެ.
ނަމަވެސް ބައެއް ޑިސްޓްރިކްޓްތަކުގެ ކުރީ ކޮޅުގެ ނަތީޖާތަކާ ޚިލާފުވުމުގެ ސަބަބުން ކަންބޮޑުވުމާއި އޮޅުން ބޮޅުން ވަނީ އުފެދިފަ އެވެ.
"މިދިޔަ ފަހަރު ފަދައިން ސިލެކްޝަނަކަށް ވީ ނަމަވެސް އަޅުގަނޑުމެން ވޯޓު ލީ،" އުމުރުން 55 އަހަރުގެ އާސިފް ގުރައިޝީ އަލްޖަޒީރާއަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ޑިޖިޓަލް ޒަމާނެއްގައި، އަދިވެސް އަޅުގަނޑުމެންނަކަށް ނަތީޖާ އެއް ނޭނގޭ، އިންތިޚާބުގެ ގާތްގަނޑަކަށް 24 ގަޑިއިރު ފަހުން. އެމީހުންގެ ބަހަނާއަކީ އިންޓަނެޓް ޑައުންވެފައި ވީ ނަމަވެސް އެ މީހުން ނަކީ އިންޓަނެޓް ސަސްޕެންޑް ކުރި މީހުންނެވެ.
"އަޅުގަނޑުމެން ނިދަން ދިޔައީ ޕީޓީއައިގެ ކެނޑިޑޭޓުން ކުރިމަތީގައި ތިބި ކަމަށް ވިސްނައިގެން. މިހާރު އަޅުގަނޑުމެންނަށް އަންގަމުން މިދަނީ އެމީހުން ނޫޅޭވާހަކަ. އެހާ ގިނަ ފައިސާ ބޭކާރުކުރަނީ ކީއްވެ ހެއްޔެވެ؟ ދެން ނަސީބުވެރިންގެ ގޮތުގައި އެމީހުން ޚިޔާރުކުރި މީހުންގެ ނަން ކިޔާށެވެ.