ދުނިޔެ

ޗައިނާގެ ކާރުތައް އެމެރިކާއަށް ވަނަ ނުދޭން ދަތި ކުރުމުގެ ފިޔަވަޅުތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ "ސްމާޓް ކާރު" އާއި އެއާ ގުޅުން ހުރި ބައިތައް އެތެރެކުރުން މަނާކުރުމަށް ބައިޑަންގެ ސަރުކާރުން ވިސްނަމުން ދަނީ ޑޭޓާ ސެކިއުރިޓީއާ މެދު އެމެރިކާގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ކަމަށް ބްލޫމްބާގް ނިއުސް އިން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.

Ads by WAMCO

އަދި މެކްސިކޯ ފަދަ ތިންވަނަ ގައުމުތައް މެދުވެރިކޮށް ޗައިނާގެ އުފެއްދުންތެރިން އެމެރިކާއަށް ކާރާއި ކޮމްޕޯނެންޓްތައް ގެންދިއުން ހުއްޓުވުމުގެ ގޮތުން ކޮންމެ ތަނެއްގައި އެއްކުރި ނަމަވެސް، ޗައިނާއިން އުފެދޭ އިލެކްޓްރިކް ވެހިކަލްތަކާއި ބައިތަކަށް ވެސް މި ފިޔަވަޅުތައް އެޅޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

ބްލޫމްބާގް އިން ބުނީ މި ފިޔަވަޅުތަކަކީ އެމެރިކާގެ ޑޭޓާގެ ކަންބޮޑުވުންތައް ހުރި އެހެން ގައުމުތަކަށް ވެސް އެޅިދާނެ ފިޔަވަޅުތަކެއް ކަމަށެވެ.

އެ ރިޕޯޓުގައި ވާގޮތުން އެމެރިކާގެ އޮފިޝަލުން ހާއްސަކޮށް ކަންބޮޑުވަނީ އީވީ އާއި އެހެނިހެން ބާވަތްތަކުގެ ކަނެކްޓެޑް އަދި އޮޓޮނޮމިސް ވެހިކަލްތައް ހިމެނޭ ގޮތަށް އެސްއޯ ސްމާޓް ކާރުތަކުން އެއްކުރާ ޑޭޓާގެ ޓްރޯވްތަކާ މެދު އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!