ދުނިޔެ

ޓްރާންސް ކޮންޓިނެންޓަލް ޓްރޭޑް ކޮރިޑޯގެ އެއްބަސްވުމުގައި އިންޑިއާ އާއި ޔޫއޭއީއިން ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ތާއީދު އޮތް އުއްމީދީ ޕްލޭނެއް ކަމަށްވާ މެދުއިރުމަތީގެ ބައެއް ސަރަހައްދުތައް ކަނޑުމަގުންނާއި ރޭލުން ޔޫރަޕާއި އިންޑިއާއާ ގުޅުވާލުމަށް އިންޑިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ވިޔަފާރީގެ ކޮރިޑޯއެއް ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

Ads by WAMCO

ބޮޑުވަޒީރު ނަރެންދުރަ މޯދީ ގަލްފް ސްޓޭޓަށް ކުރެއްވި ދަތުރުފުޅުގައި ވެފައިވާ ފްރޭމްވޯކް އެގްރީމެންޓް އިއުލާނުކުރީ އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ނަމަވެސް، ދެފަރާތުން އެއްބަސްވި ގޮތުގެ މަދު ތަފްސީލެއް ވަނީ އާންމުކޮށްފައެވެ.

އަދި މިކަމުގެ ސަބަބުން މީގެ ކުރިން ވެސް މިކަމުގައި ވެފައިވާ އެއްބަސްވުންތަކާއި އެއްބާރުލުމުގެ މައްޗަށް ބިނާކޮށް، ސަރަހައްދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އިންޑިއާ އާއި ޔޫއޭއީގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްދާ ޖީ-20 ސަމިޓުގެ ހަވާސާގައި އިއުލާނުކުރި މި ކޮރިޑޯގެ އަމާޒަކީ އުރުދުން އާއި އިސްރާއީލު މަގުން ޔޫރަޕަށް ގުޅުމުގެ ކުރިން އަރަބި ކަނޑު ހުރަސްކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާ މެދުވެރިކޮށެވެ.

ނަމަވެސް އެ މިނިސްޓްރީގެ ބަޔާނުގައި ސަރަހައްދީ ގަލްފުގެ އަރަބި ބާރެއް ކަމަށްވާ އިންޑިއާ އާއި ޔޫއޭއީ ފިޔަވައި އެހެން އެއްވެސް ގައުމެއްގެ ގުޅުން ބިނާވެފައި ވަނީ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ވިޔަފާރީގެ ގުޅުމުގެ މައްޗަށް ކަމަށް ބުނެފައެއް ނުވެ އެވެ.

އިންޑިއާ-މެދުއިރުމަތީގެ އިގްތިސާދީ ކޮރިޑޯގެ އެއްބަސްވުން އެކުލަވާލާފައި މިވަނީ ޣައްޒާގައި ހަތަރު މަސް ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އަރަބި އަވަށްޓެރި ގައުމުތަކާ އިޒްރޭލު އިތުރަށް ގުޅެން އެމެރިކާގެ ތާއީދު އޮތް ޕްލޭންތައް ފުނޑުފުނޑުވެފައިވާ ދަނޑިވަޅެއްގައެވެ. ސައޫދީއަރަބިއްޔާއިން ވަނީ ނޯމަލައިޒޭޝަން ޕްލޭންތައް ހުއްޓާލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!