ދުނިޔެ

ފިލިޕީންސްއިން ހުޅަނގުގެ ކަނޑުގެ ސަރަހައްދުގައި ހަނގުރާމަމަތީ އުޅަނދެއް ބަހައްޓައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދާ ކުރިމަތިލާން ޖެހިފައިވާ ޕަލަވާން އައިލެންޑްގެ ކަނޑުގެ ސަރަހައްދުން ފިލިޕީންސުން ހަނގުރާމަމަތީ އުޅަނދެއް ބަހައްޓާފައިވަނީ އެގައުމުގެ ކަނޑުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށް ނޭވީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

Ads by Sosun Fihaara

ހިޔާލު ތަފާތުވެފައިވާ ކަނޑުގެ މަގުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ކޮމޮޑޯ އެޑްވާޑް އިކޭ ޑި ސަގޮން ވިދާޅުވީ ޕަލަވަންގައި އުޅަނދު އޮތުމަކީ "އަޅުގަނޑުމެންގެ އިސްތިގުލާލަށް ގޮންޖަހަން ހިތްވަރު ކުރާނެ އެންމެންނަށް ވެސް ހަނދާންކޮށްދޭނެ ކަމެއް" ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ހުޅަނގު ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދާއި މަސްލަހަތު ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ޑި ސަގޮން ވިދާޅުވެފައިވެއެވެ.

ޕެޓްރޯލް ކޯވެޓް ބީއާރްޕީ އެމިލިއޯ ޖެސިންޓޯ ނުވަތަ ޕީއެސް35 ބަހައްޓަން ނިންމީ ދެކުނު ޗައިނާ ކަނޑުގައި ފިލިޕީންސާއި އެމެރިކާ ގުޅިގެން ކަނޑުމަތީގެ ތަމްރީނުތައް ކުރިއަށް ގެންދިޔަތާ ދުވަސްތަކެއް ފަހުންނެވެ.

ފިލިޕީންސްގެ އެންހަންސްޑް ޑިފެންސް ކޯޕަރޭޝަން އެގްރީމަންޓް (އީޑީސީއޭ) ގެ ދަށުން އެމެރިކާގެ އަސްކަރިއްޔާއަށް މިދިޔަ އަހަރު އެ ގައުމުގެ މުއާހަދާގެ ބައިވެރިޔާއާ އެކު އެކްސެސް ދިން އިތުރު ހަތަރު ބޭސްގެ ތެރެއިން އެއް ބޭސް ވެސް ޕަލަވަންގައި ހުރެ އެވެ. މި ޕްރޮވިންސްގައި މުއްސަނދި މަސްވެރިކަމުގެ މައިދާނާއި ފަތުރުވެރިންގެ މެދުގައި މަގުބޫލު ގޮނޑުދޮށްތައް ހުރެއެވެ.

ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ބްރޫނާއީގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންތަކުގެ ބައެއް ސަރަހައްދުތައް ހިމެނޭ ގޮތަށް އަހަރަކު ތިން ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ކޮމާޝަލް ޝިޕިންގެ ކޮންޑިއުޓެއް ކަމަށްވާ ގާތްގަނޑަކަށް މުޅި ދެކުނު ޗައިނާ ކަނޑުގެ އިސްތިގުލާލު ޗައިނާއިން ދަނީ އުފުލަމުންނެވެ.

ހެގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން 2016 ވަނަ އަހަރު ބުނެފައި ވަނީ ޗައިނާގެ އެ ވާހަކަތަކަށް ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށާއި އެ ނިންމުން ބެއިޖިން އިން ވަނީ ދޮގުކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!