ދުނިޔެ

އިންޑިއާ ކަނޑުގެ ހަމަނުޖެހުމާ ގުޅިގެން ކަންބޮޑުވުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދާދި ފަހުން ހޫތީ ހަނގުރާމަވެރިން ރަތް ކަނޑުގައި ދިން ހަމަލާތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ދެމެހެއްޓެނިވި ކަމާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

Ads by Sosun Fihaara

އޮސްޓްރޭލިއާގެ ޕާތުގައި ބޭއްވި ކޮންފަރެންސެއްގައި އެކި ގައުމުތަކުގެ މަންދޫބުން ވަނީ ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ޒިންމާދާރު ތަރައްގީ ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އާއި އިންޑިއާ ފައުންޑޭޝަން ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޑިއަން އޯޝަން ކޮންފަރެންސަކީ ސަރަހައްދީ މަޝްވަރާތަކަށް ބޭނުންތެރި ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. ހަތް ވަނަ އަހަރު ފާހަގަކުރާ މި އަހަރުގެ އެޑިޝަން އޮސްޓްރޭލިއާގެ ޕާތުގައި ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ 9 އަދި 10 ވަނަ ދުވަހުއެވެ. އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް އާއި ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒް އަދި ޕާތު-ޔޫ.އެސް. މި މަސައްކަތުގައި އޭޝިއާ ސެންޓަރުން ވެސް ދަނީ ބައިވެރިވަމުންނެވެ.

"ޓުވާޑްސް އަ ސްޓޭބަލް އެންޑް ސަސްޓެއިނަބަލް އިންޑިއަން އޯޝަން" މި އެޑިޝަންގެ ޝިއާރަކީ 22 އަށް ވުރެ ގިނަ ގައުމުތަކުގެ މިނިސްޓަރުންގެ ވަފުދުތަކާއި އިތުރު 16 ގައުމަކާއި ހަ މަލްޓިލޭޓަރަލް ޖަމިއްޔާއެއްގެ މަތީ ފަންތީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ޝިއާރެކެވެ.

ސަރުކާރުގެ މަންދޫބުންގެ އިތުރުން، މި ކޮންފަރެންސްގައި އެކި ދާއިރާތަކުން 400 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި ގާތްގަނޑަކަށް 40 ގައުމެއްގެ ވިޔަފާރިވެރިންނާއި، ޕޮލިސީ އެކްސްޕާޓުންނާއި، ޢިލްމުވެރިންނާއި، ޕްރޮފެޝަނަލް އަދި މީޑިއާގެ ބޭފުޅުން ހިމެނެއެވެ.

މި އެއްވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ޓަކައި ޚިޔާލުތައް ބަދަލުކުރެވޭނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފައެވެ. ހަތިޔާރުއެޅި ހަމަނުޖެހުންތަކާއި ކަނޑުފޭރުން ފަދަ ތަފާތު ގޮންޖެހުންތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހުމާލުވުމާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ހުރި ނުރައްކާތައް އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ. ޝިޕިން ޓްރެފިކަށް ހޫތީން ދިން ހަމަލާތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ ހިލާފަށް ގިނަ ބަޔަކު ދެކޭ ޗައިނާގެ އަމަލުތައް ހާއްސަކޮށް ފާހަގަކޮށްފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!