ދުނިޔެ

ޗައިނާއާއި ޓައިވާންގެ ހަމަނުޖެހުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ފްރަންޓްލައިން އައިލެންޑަކާ މާ ކައިރިއަށް ދިޔަ ޗައިނާގެ ސްޕީޑް ބޯޓެއްގައި ތިބި ދެ މީހަކު ކޯސްޓްގާޑުގެ އުޅަނދަކުން ފިލަން އުޅެނިކޮށް ބޯޓު ފުރޮޅާލައިގެން މަރުވުމާ ގުޅިގެން ޓައިވާނުން އެ ގައުމުގެ ކޯސްޓްގާޑުގެ އަމަލުތައް ދިފާއުކޮށްފި އެވެ.

Ads by WAMCO

ޗައިނާގެ ޓައިވާން އެފެއާޒް އޮފީހުން ބުނީ ޓައިވާނުން ޒަމާނުއްސުރެ ޗައިނާގެ މަސްވެރިންނާ މެދު އަމަލުކުރަމުން އައީ "ހަރުކަށި އަދި ނުރައްކާތެރި" ގޮތަކަށް ކަމަށާއި އެއީ "ނުބައި" ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބު ކަމަށެވެ.

ޗައިނާގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ބުނާ ޓައިވާނުން މިފަހަކަށް އައިސް ވަނީ ޓައިވާނުގެ ބާރުގެ ދަށުގައި ވާ ކަނޑުގެ ސަރަހައްދުގައި، ހާއްސަކޮށް ޗައިނާގެ އައްސޭރިފަށާ ތަންކޮޅެއް ދުރުގައި އޮންނަ ކިންމެން އަދި މަޓްސޫ ޖަޒީރާތަކުގެ ވަށައިގެން ޗައިނާގެ މަސްބޯޓުތަކާއި އެހެނިހެން އުޅަނދުތައް އޮޕަރޭޓް ކުރާ ކަމުގެ ޝަކުވާ ކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު ޓައިވާނުގެ ކޯސްޓްގާޑުގެ އުޅަނދަކުން ފިލަން އުޅުމުގެ ތެރޭގައި ބޯޓު ފުރޮޅާލައިގެން މަރުވެފައިވަނީ ކިންމެންސް ބެއިޑިން އައިލެޓް ކައިރީގައި އޮންނަ މަނާ ކަނޑުގެ ސަރަހައްދަށް ވަން ޗައިނާގެ ސްޕީޑް ބޯޓުގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން ދެ މީހުން ކަމަށް ކޯސްޓްގާޑުން ބުންޏެވެ.

ޓައިވާނުގެ ޗައިނާގެ ސިޔާސަތުތައް ކަނޑައަޅާ މެއިންލޭންޑް އެފެއާޒް ކައުންސިލުން ބުނީ އިބްތިދާއީ ތަހުގީގަށް ބަލާއިރު ކޯސްޓްގާޑުން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައި ނުވާ ކަމަށެވެ.

ގަވައިދާ ހިލާފަށް ވެލި ނަގައި، ބަނގުރަލާއި ވިހަ ބޭނުންކޮށްގެން ޓައިވާނުގެ ކަނޑުގެ ސަރަހައްދަށް މަސްބާނައި ކުނި އުކާލުމަށް ޗައިނާގެ އުޅަނދުތައް ހުއްޓުވުމުގައި ފެއިލްވެފައިވާ ކަމަށާއި އެކަމުގެ ޝަކުވާތަކާއެކުވެސް ހާލަތު ރަނގަޅުނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
"މެއިންލޭންޑްގެ ފަޅުވެރިން މިފަހަރު ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތަށް އެއްބާރުލުން ދޭން ދެކޮޅު ހަދައި، ހިތާމަވެރި ހާދިސާއެއް ހިނގާފައިވާތީ ހިތާމަކުރަން،" އެ ބަޔާނުގައި ވެ އެވެ.

އަދި ޓައިވާން ކަނޑުއޮޅިގެ އަނެއް ފަރާތުގައި ތިބި މީހުންގެ މިފަދަ އަމަލުތައް ކަމާބެހޭ މެއިންލޭންޑް އޮތޯރިޓީތަކަށް ހުއްޓުވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ކައުންސިލުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!