ދުނިޔެ

ޕާކިސްތާނުގައި މުޒާހަރާތައް އަދިވެސް ކުރިޔަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ބަލޫޗިސްތާނުގެ ބައެއް ސަރަހައްދުތަކުގައި މުޒާހަރާތަކާއި ހައިވޭތައް ބަންދުކޮށްފައި ވަނިކޮށް، ބަލޫޗިސްތާނާއި އެހެން ޕްރޮވިންސްތަކާއި އަފްޣާނިސްތާން ގުޅުވައިދޭ ހުރިހާ ހައިވޭތަކެއްގައި ބުދަ ދުވަހު ވެސް އެތައް ގަޑިއިރެއް ވަންދެން ޓްރެފިކް މެދުކަނޑާލި އެވެ.

Ads by WAMCO

އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ދެކޮޅަށް އެކި ސިޔާސީ އަދި ގައުމީ ޕާޓީތަކުން ގޮވާލުމުން އެ ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގައި ނެޝަނަލް ހައިވޭތަކާއި މަގުތައް ވަނީ ބަންދުކޮށްފަ އެވެ.

ޕީކޭއެންއޭޕީގެ ޗެއާމަން ޚުޝާލް ޚާން ކަކަރް ހައިވޭ އާއި މަގުތައް ބަންދުކުރުމަށް ގޮވާލެއްވީ އޭނާގެ އަމިއްލަ ޕޯލް ނަތީޖާ އަށް ގެނައި ބަދަލާ ދެކޮޅަށެވެ.

މި ހައިވޭތަކުގައި ދަތުރުކުރާ މީހުންނަށް ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ދެކޮޅަށް ނޭޝަނަލް ޕާޓީން ވަނީ ބުލެޑާ ކްރޮސް، ޑީ-ބަލޫޗް ޓާބަޓް އަދި ސީޕީއީސީ ހައިވޭގެ ނެޝަނަލް ހައިވޭ ބަންދުކޮށްފަ އެވެ.

ބަލޫޗިސްތާނުގެ އެކި ސަރަހައްދުތަކުގައި ވެސް ސަޓާޑައުން ހަޅުތާލުތައް ކުރިއަށް ގެންގޮސްފައި ވަނީ ހަތަރު ނޭޝަނަލިސްޓް ޕާޓީއެއް ކަމަށްވާ ޕަޚްތޫންޚުވާ މިލީ އަވާމީ ޕާޓީ، ހަޒާރާ ޑިމޮކްރެޓިކް ޕާޓީ، ބަލޫޗިސްތާން ނޭޝަނަލް ޕާޓީ އަދި ނޭޝަނަލް ޕާޓީ އެވެ.

އަވާމީ ނޭޝަނަލް ޕާޓީ އާއި ޖަމިއްޔަތުއް އުލަމާއިސްލާމް ގުޅިގެން ބޯޑަރު އަވަށެއް ކަމަށްވާ ޗަމަން އާއި ކިއްލާ އަބްދުاللهގައި މުޒާހަރާތަކާއި އެއްވުންތަކާއި އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!