ޚަބަރު

ހިތަދޫ މެދު ދާއިރާގެ މެންބަރު ނަން ގެންދަވައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ނިންމަވައިފިއެވެ.

Ads by MWSC

މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފޯމު ހުށަހަޅަން ދިން މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު  ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 372 ކެންޑިޑޭޓުންނެވެ. އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ހަތަރު ކެންޑިޑޭޓަކުން ފަހުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓް ވެސް ހިމެނެއެވެ. އެއީ އެ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު ރަޝީދެވެ.

މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން 90 ކެނޑިޑޭޓުން، ޕީއެންސީގެ ފަރާތުން 89 ކެނޑިޑޭޓޫން ވާދަކުރައްވާއިރު ޑިމޮކްރެޓްސްގެ ފަރާތުން 39 ކެނޑިޑެޓޫން ވާދަކުރައްވައެވެ. ޖޭޕީގެ ފަރާތުން 10 ކެނޑިޑޭޓަކު ވާދަކުރައްވާއިރު އަދާލަތު ޕާޓީ ހަތަރު ކެނޑިޑޭޓުން އަދި އެމްޑީއޭގެ ފަރާތުންވެސް ހަތަރު ކެނޑިޑޭޓުން ވާދަކުރައްވައެވެ. އެމްއެންޕީން ވާދަކުރައްވަނީ ދެ ކެނޑިޑޭޓުންނެވެ. އެނެމް ގިނަ އަދަދަކަށް ކެނޑިޑޭޓުން ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އެއީ 130 ކެނޑިޑޭޓުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!