ޚަބަރު

ޕެރެޑައިސް ފިޔަވާ ގާސިމްގެ އެހެން ހުރިހާ ރިސޯޓެއް ބަންދުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ ގެއްލުންތަކާއެކު މަޝްހުރު ވިޔަފާރި ކުންފުނި ވިލާގެ އެއް ރިސޯޓް ފިޔަވައި ހުރިހާ ރިސޯޓުތައް ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

Ads by STELCO

ވިލާ ގްރޫޕުން ހިންގާ ރިސޯޓުތަކަކީ ޕެރެޑައިޒް އައިލެންޑް ރިސޯޓު (ކ. ލަންކަންފިނޮޅު)ގެ އިތުރުން ފަން އައިލެންޑް ރިސޯޓު (ކ. ބޮޑުފިނޮޅު)، ހޮލިޑޭ އައިލެންޑް ރިސޯޓު (އދ. ދިއްފުށި)، ރޯޔަލް އައިލެންޑް ރިސޯޓު (ބ. ހޮރުބަދޫ) އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު ކަމުގައިވާ ސަން އައިލެންޑް ރިސޯޓު (އދ. ނަލަގުރައިދޫ)އެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ވިލާ ގްރޫޕުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން، އެ ގްރޫޕުގެ ދަށުން ހިންގާ ސަން އައިލެންޑާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް އަދި ރޯޔަލް އައިލެންޑު ވެސް ވަގުތީ ގޮތުން ބަންދު ކުރަން ވަނީ ނިންމާފަ އެވެ. މިއާއެކު ދެން ހަމައެކަނި ޓޫރިސްޓުން ގެންނާނީ ޕެރަޑައިސް އައިލެންޑް ރިސޯޓަށެވެ.

އެ މާކެޓުތަކަކީ ކޮރޯނާވައިރަސް ހަލުއިކަމާއެކު ފެތުރެމުންދާ އިޓަލީއާއި ސްޕެއިންގެ އިތުރުން ޖަރުމަނާއި ފްރާންސްއެވެ.

އެހެން ރިސޯޓުތަކުގެ އޮޕަރޭޝަން ހުއްޓާލާނީ މިވަގުތު އެތަންތަނުގައި ތިބި ފަތުރުވެރިން އަނބުރާ ދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ރިސޯޓުތަކަށް ބުކިންގް ހަދާފައިވާ ހުރިހާ ފަތުރުވެރިންގެ ބުކިންގްތައް ޕެރެޑައިސްއަށް ބަދަލުކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.

ވިލާ ގްރޫޕުން ދާދި ފަހުން ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަ ކުރަން ވެސް ނިންމާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!