ދުނިޔެ

ނޭޕާލްގެ ހޯމް މިނިސްޓަރު ޗައިނާ ސަފީރުގެ ނުފޫޒުން އަރައިގަތުމަށް އަންގަވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޕާލުގެ ހޯމް މިނިސްޓަރު ނާރަޔަން ކާޖީ ޝްރެސްތާ، އަވަށްޓެރި ނޭޕާލްގެ ރައްޔިތުން ގާނޫނާ ހިލާފަށް ހިންގާ ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާތީ، ޗައިނާއިން ކަތުމަންޑޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޗެން ސޮންގް ދާދި ފަހުން ލޮބީ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުން ނޭޕާލްގެ ހޯމް މިނިސްޓަރު ނާރަޔަން ކާޖީ ޝްރެސްތާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

Ads by WAMCO

އީޓީއަށް އެނގިފައިވާ ގޮތުގައި ޝްރެސްތާ މިގޮތަށް އަންގާފައި ވަނީ ދާދި ފަހުން ޗައިނާގެ ބައެއް މީހުން ވިސާގެ އުސޫލުތަކާއި ފޮރެކްސް ގަވާއިދުތަކާ ހިލާފަށް ހިންގާ ހަރަކާތްތަކާ ދެކޮޅަށެވެ.

ޗައިނާ ފައުންޑޭޝަން ފޯ ރޫރަލް ޑިވެލޮޕްމަންޓްގެ ޗީފް ޑިރެކްޓަރު ޒޫ ޒިކިއާންގް - ޖަޖަރުކޮޓް ބިންހެލުމުގައި ރިލީފް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި - ވިސާގެ މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ނޭޕާލުން ޑީޕޯޓްކޮށްލި އެވެ. މިފަދަ އެހެން ހާދިސާއެއްގައި މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ޗައިނާގެ ރައްޔިތެއް ކަމަށްވާ ކިއު ވިންކިއާން ހައްޔަރުކުރީ ނޭޕާލުން ފުރައިގެން ދަނިކޮށް ގަވައިދާ ހިލާފަށް 25،000 ޑޮލަރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ކަތުމަންޑޫގެ މަސްދަރުތަކުން ބުނެ އެވެ.

ޗައިނާ ސަދަން ފްލައިޓުން ކަތުމަންޑޫއިން ގުއާންޒޫއަށް ދާން ކިއު ވިންކިއާން އުޅުނު ނަމަވެސް އެ ފައިސާ ވަނީ ހިފަހައްޓައިފަ އެވެ. މި ދެ މައްސަލާގައި ވެސް ޗެން ވަނީ އެކަމަށް ނުފޫޒު ފޯރުވައި ޗައިނާގެ ދެ ރައްޔިތުން ޑީޕޯޓްކުރުން ހުއްޓާލުމަށް ޝްރެސްތާގެ ކިބައިން އެދިފަ އެވެ. ޗެން ސޮންގްގެ އެދުމަށް ޝްރެސްތާ ދެކޮޅު ހެއްދެވީ އިދާރީ ގޮތުން ދަތިތަކެއް ހުރި ކަމަށް ބުނެ ކަމަށް މިދެންނެވި މަސްދަރަކުން ބުނެއެވެ.

ނަމަވެސް ޗެން ވަނީ ނޭޕާލްގެ ހޯމް މިނިސްޓަރާ މެދު ނުރުހުންވެ، ބޮޑުވަޒީރު ޕްރަޗަންޑާއާ ބައްދަލުކޮށް މައްސަލަ ހުށަހަޅުއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!