ކޮލެރާ ފެތުރެމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން ޒެމްބިއާއަށް އިންސާނީ އެހީގެ ދެވަނަ ޝިޕްމަންޓެއް ފޮނުވައިފި
ޒެމްބިއާގައި މިހާރު ފެތުރެމުންދާ ކޮލެރާއާއި ގުޅިގެން އިންޑިއާއިން ދެވަނަ ފަހަރަށް އިންސާނީ އެހީ ފޮނުވައިފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ ގާތްގަނޑަކަށް 3.5 ޓަނުގެ މި އެހީގެ ތެރޭގައި ފެން ސާފުކުރުމަށް ބޭނުންވާ ސާމާނާއި ކްލޮރިން ޓެބްލެޓާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށެވެ.
"ކޮލެރާ ފެތުރޭތީ އިންޑިއާއިން ޒެމްބިއާއަށް ހިއުމެނިޓޭރިއަން އެސިސްޓެންސް ފޮނުވަނީ. ގާތްގަނޑަކަށް 3.5 ޓަނުގެ މި އެހީގެ ތެރޭގައި ފެން ސާފުކުރުމަށް ބޭނުންވާ ސާމާނާއި ކްލޮރިން ޓެބްލެޓާއި އޯއާރުއެސް ސެޝެޓް ހިމެނެ އެވެ. ޒެމްބިއާ ސަރުކާރަށް ކަނޑައަޅުއްވާފައި ހުންނަވާ އަޅުގަނޑުމެންގެ ހައިކޮމިޝަނަރު މިއަދު ހަވާލުވެވަޑައިގަތީ،" އީއޭއެމް ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ. އިންޑިއާއިން ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ޒެމްބިއާގައި ކޮލެރާ ފެތުރެން ފެށުމާ ގުޅިގެން ކޮމާޝަލް ކާގޯ މަތިންދާ ބޯޓެއްގައި އިންސާނީ އެހީގެ ފުރަތަމަ ޝިޕްމަންޓް ޒެމްބިއާއަށް ފޮނުވި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެއެވެ.
ގާތްގަނޑަކަށް 3.5 ޓަނުގެ މި އެހީގެ ތެރޭގައި ފެން ސާފުކުރުމަށް ބޭނުންވާ ސާމާނާއި ކްލޮރިން ޓެބްލެޓާއި އޯއާރުއެސް ސެޝެޓްގެ ސިފައިގައި ހައިޑްރޭޝަން ހިމެނޭ ކަމަށް އެމްއީއޭ އިން ބުންޏެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ޒެމްބިއާއަށް މިހާރު ފެތުރެމުންދާ ކޮލެރާގެ ބަލިމަޑުކަމާ ގުޅިގެން 3.5 މިލިއަން މީހުން ނުރައްކަލަށް ހުށަހެޅިފައިވާތީ އެ ގައުމަށް އެއް މިލިއަން ޔޫރޯ ދޭނެ ކަމަށް ބުނެފަ އެވެ.
ޑިރެކްޓާ ޖެނެރަލް ފޯ ޔޫރަޕިއަން ސިވިލް ޕްރޮޓެކްޝަން އެންޑް ހިއުމެނިޓޭރިއަން އެއިޑް އޮޕަރޭޝަންސް (އީކޯ) އިން ބުނީ މި އިމަޖެންސީ ފަންޑިންގެ ސަބަބުން ހިއުމެނިޓޭރިއަން ޕާޓްނަރުން ކަމަށްވާ ޔުނިސެފާއި ޑަބްލިއުއެޗްއޯއިން ސިއްހީ، ފެނާއި ސާފުތާހިރުކަމާއި ނަރުދަމާއާ ގުޅުންހުރި އަވަސް އަދި ނާޒުކު ބޭނުންތަކަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ޖެނުއަރީ 31، 2024 ގެ ނިޔަލަށް ކޮލެރާ ޖެހުނު މީހުންގެ ޖުމުލަ އަދަދު 16،526 އަށް އަރާފައިވާއިރު 613 މީހަކު ވަނީ މަރުވެފަ އެވެ. މަރުވާ މީހުންގެ ނިސްބަތް ގާތްގަނޑަކަށް 4 އިންސައްތައާ ގާތްކުރާއިރު، އެންމެ ގިނަ މީހުން ޕޮޒިޓިވްވެ މަރުވެފައިވަނީ ލުސާކާ ޕްރޮވިންސުންނެވެ.