ޚަބަރު

އެމްޓީސީސީގެ ފެރީތަކުގައި ފަތުރުވެރިން ރަށްރަށަށް ދަތުރުކުރުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެމްޓީސީސީގެ ފެރީތަކުގައި ފަތުރުވެރިންނަށް ރަށްރަށަށް ދަތުރުނުކުރެވޭނެ ގޮތް ހަދައިފިއެވެ.

Ads by STELCO

އެމްޓީސީސީން މިގޮތަށް ނިންމާފައިވަނީ ފަތުރުވެރިން ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ދަތުރުކުރުމާއި، ރަށްރަށުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އަންގަވާފައިވަނިކޮށެވެ.

އެމްޓީސީސީން ބުނީ އެޗްޕީއޭގެ މި ނިންމުމާއެކު 14 މާޗުން ފެށިގެން އެމްޓީސީސީގެ އާންމު ފެރީތަކުގައި ފަތުރުވެރިންނަށް ރަށްރަށަށް ދަތުރުފަތުރުކުރުން މަނާކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖެއިން ފުރާ ފަތުރުވެރިންނަށް ޓިކެޓް ނުވަތަ ޕާސްޕޯޓު ދެއްކުމުން އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެމްޓީސީސީގެ ފެރީތަކުގައި ދަތުރުކުރެވޭނީ ވޯކް ޕާމިޓް ދެއްކުމުންކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!