ޚަބަރު

ފުލިދޫ ފާލަން މަރާމާތު ކުރުމުގެ މަސައްކަތަކަށް އެމްޓީސީސީގެ ޓީމެއް ފޮނުވަނީ

އަލީ ސަމާޙް ، ދެން އޮންލައިން

ވ. ފުލިދޫގެ ފާލަން ރަށާ ވަކިވެފައިވާތީ، އެރަށުގެ ފާލަން މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ހޮނިހިރު ދުވަހު ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ފުލިދޫގެ ފާލަމަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެރަށަށް ލަފާ ފުރުމުގެ ކަންކަން ކުރަމުންދަނީ ވަރަށް ދަތިކޮށް ކަމަށް އެރަށުގެ ކައުންސިލާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާއި ގުޅިގެން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް ވަނީ ޝޯޝަލް މިޑީއާގައި ޕޯސްޓަކެއް ކުރައްވާފައެވެ.

ފޭސްބުކްގައި ގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ފުލިދޫ ބަނދަރު ހެެދެންދެން އެ ރަށުގެ ފާލަމަކީ އަރާފޭބުމަށް ކޮންމެހެން މުހިއްމު ފާލަމަކަށްވާތީ ފާލާމުގެ މަރާމަތްކުރުމުގެ އަމަލީ މަސައްކަތްކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީގެ ޓީމު އަންނަ ހޮނިހިރު ދުވަހު އެ ރަށަށް ދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!