އޭއައިއޭ އަށް އެމްޑީއަކު އައްޔަންކޮށްފި
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.
އެ މަގާމަށް އައްޔަންކުރި މުހައްމަދު ވަހީދު ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯގެ މަގާމުވެސް އަދާކުރައްވާފައެވެ.
ވަހީދު، އެ މަގާމު ފުރުއްވީ 2015 ވަނަ އަހަރުން 2018 ވަނަ އަހަރަށެވެ.
އޭނާ ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގައިވެސް މަސައްކަތް ކުރައްވާފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ފުރުއްވީ ގައިސް ނަސީރުއެވެ.
Ads by HDC
