މޯދީ އާއި ހަސީނާއާ ދެމެދު މުހިންމު ބައިލެޓަރަލް އެއްބަސްވުންތަކެއް
އިންޑިއާ އާއި ބަންގްލަދޭޝްއަކީ ތަފާތު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ގިނަ ގުނަ ޕާޓްނަޝިޕެއް އޮންނަ ދެ ގައުމެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އިސްނެންގެވުމުގެ ދަށުން ސިޔާސީ އަދި ރަސްމީ ފެންވަރުގައި ބައިލެޓްރަލް ސަމިޓްތަކާއި މަޝްވަރާތައް އިތުރުވެ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެއްޖެ އެވެ. ސެޕްޓެމްބަރު 6، 2022 ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޝެއިޚް ހަސީނާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ.
ބޯޑަރު ހުރަސްކޮށް އޮންނަ ކުޝިޔާރާ ކޯރުން ފެން ނެގުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވުނެވެ. ކުޝިޔާރާ ކޯރުން ފެން ބެހުމާ ގުޅޭ ގޮތުން އިންޑިއާ އާއި ބަންގްލަދޭޝްއާ ދެމެދު ދާދި ފަހުން ވެވުނު މި އެއްބަސްވުމަކީ އަވަށްޓެރި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އޭގެ ފައިދާ އިންޑިއާގެ ދެކުނު އައްސާމާއި ބަންގްލަދޭޝްގެ ސިލްހެޓް ސަރަހައްދަށް ކުރާނެ ކަމަށެވެ.
މި އެއްބަސްވުމުގައި ބޯޑަރު ހުރަސްކޮށް ކުޝިޔާރާ ކޯރުން ފެން ނެގޭނެ ގޮތް ބަޔާންކޮށްފައިވެ އެވެ. އިންސާފުވެރި އަދި ރެގިއުލޭޓް ކުރެވިފައިވާ ފެން ޙިއްޞާކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ތަރައްޤީ އަށް ބާރުއެޅުމާއި، މި ސަރަޙައްދުގައި ފެނާއި ގުޅުންހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަކީ ދެޤައުމުގެ ވެސް އަމާޒެކެވެ. ފެން ޙިއްޞާކުރުމުގެ މި އެއްބަސްވުމުގެ ކާމިޔާބު މަޝްވަރާތަކުން ދައްކުވައިދެނީ އިންޑިޔާއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ އެއްބާރުލުމާއި ޑިޕްލޮމެސީގެ ރޫހެވެ.
ޖައްވީ ޓެކްނޮލޮޖީގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ދެ ގައުމުން ވެސް ވަނީ އެއްބަސްވެފަ އެވެ. މި ޕާޓްނަރޝިޕްގެ އަމާޒަކީ މި ނާޒުކު ދާއިރާއިން ކުރިއެރުންތައް ހޯދުމެވެ. 2017 ވަނަ އަހަރު އިންޑިއާ އާއި ބަންގްލަދޭޝްގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގެ ދަށުން ބޭރުގެ ޖައްވަށް ސުލްހަވެރި ކަމާއެކު ބޭނުންކުރުމުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ދެ ގައުމުން ވެސް ވަނީ އެއްބަސްވެފަ އެވެ.
މި އެމްއޯޔޫގެ ސަބަބުން ސްޕޭސް ސައިންސާއި ޓެކްނޮލޮޖީ އަދި އެޕްލިކޭޝަންތަކުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ރިމޯޓް ސެންސިން އޮފް ދަ އާރތް، ސެޓެލައިޓް ކޮމިއުނިކޭޝަން، ސެޓެލައިޓް ބޭސްޑް ނެވިގޭޝަން، ސްޕޭސް ސައިންސް، ޕްލެނެޓަރީ އެކްސްޕްލޯރޭޝަން އަދި ޖައްވީ އުޅަނދާއި ޖައްވީ ނިޒާމުތައް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދެއެވެ. ސްޕޭސް ޓެކްނޮލޮޖީއާ ގުޅުންހުރި ގްރައުންޑް ސިސްޓަމްތަކަށް މި ކޯލަބަރޭޝަން ފުޅާވެގެން ދެއެވެ. އާ އެއްބަސްވުމުގެ މަގުސަދަކީ ޖައްވީ ދާއިރާއާ ގުޅުންހުރި ދިރާސާތަކާއި އެޕްލިކޭޝަންތަކަށް ކުރިއެރުން ހޯދުމެވެ.