ދުނިޔެ

އަފްގާނުގައި ސްނޯވެހި ގިނަ ބަޔަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާންގައި ބޯކޮށް ފައިބާފައިވާ ސްނޯ، ފަރުބަދަމަތިން ތިރިޔަށް ފޭބުމުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 25 މީހުން މަރުވެއްޖެ އެވެ. މަރުވި މީހުންގެ އިތުރުން 8 މީހަކަށް އެކި އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

Ads by WAMCO

އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެހިސާބަށް މޫސުން ގޯސްކަމުން ހެލިކޮޕްޓަރުވެސް ބޭނުން ކުރެވޭގޮތް ނުވާތީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެދެވޭ ގޮތުގައި ކުރިޔަށް ގެންދެވިފަ އެއް ނުވެއެވެ. ހާދިސާ ހިނގި ނުރިސްތާން ޕްރޮވިންސާހަމަޔަށް ދެވުނު އެހީތެރިންވެސް މީހުން ސަމާމަތް ކުރުމަށްޓަކާ އުދަލި ފަދަ އެއްޗެތި ބޭނުން ކޮށްގެން ސްނޯ ކަހާ މީހުން ސަލާމަތް ކުރުމުގައި ހަރަކާތެރި ވަމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.

ޕްރޮވިންސްގެ ހެޑް ޖަމީއުއްލާ ހާޝިމީ ވިދާޅުވީ އަދިވެސް އެހިސާބަށް ބޯކޮން ސްނޯ ފައިބަމުން ދާކަމަށާ އެހީގެ މަސައްކަތުގައި ޒަމާނީ އާލާތް ބޭނުން ކުރެވޭ ގޮތް ނުވާކަމުގައެވެ.

ރޭދަންވަރު ހިނގި ހާދިސާގައި 25 މީހުން މަރުވެފައިވާކަން ހާމަ ކޮށްފައިވަނީ އަފްޣާނިސްތާންގެ ޑިޒާސްޓަރ މެނޭޖްމަންޓް މިނިސްޓްރީގެ ތަރުޖަމާނެވެ. އޭނާ އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގައި ވިއްސަކަށް ގެޔަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އެއްކޮން ނުވަތަ އެއްބައި ހަލާކުވެފައި ވެއެވެ.

ޕާކިސްތާނާ އިންވެގެން އޮންނަ، ގަސްތައް ގިނަ ނުރިސްތާން ޕްރޮވިންސަކީ މިފަދަ ގުދްރަތީ ކާރިސާތައް ގިނައިން ހިނގާތަނެކެވެ. 2017 ވަނަ އަހަރުވެސް މިގޮތަށް ސްނޯ ފައިބައިގަތުމުގެ ސަބަބުން 50 މީހުން މަރުވެފައިވާއިރު، 2017 ވަނަ އަހަރު ފެންބޮޑުވުމުގެ ސަބަބަން ގިނަ ބަޔަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!