ދުނިޔެ

ޖައްވީ ދާއިރާއަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް އެޕްރޫވަލް ދިނުމުގެ މަރުހަލާއަށް އިންޑިއާއިން ލުއިދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސެޓެލައިޓް ސިސްޓަމްތައް އުފެއްދުމަށް އިންޑިއާއިން 100 އިންސައްތަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް ރަސްމީ ހުއްދައަކާ ނުލައި ފުރުސަތު ދީ، ލޯންޗް ވެހިކަލްތަކުގެ އުސޫލަށް ލުއިތަކެއް ދޭނެ ކަމަށް ދުނިޔޭގެ ޖައްވީ ބާޒާރުގެ ބޮޑު ހިއްސާއެއް ހޯދުމަށް އަމާޒުހިފާފައިވާ ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

Ads by WAMCO

އިންޑިއާގެ ޖައްވީ އެދުންތަކަށް އިތުރު ކުރިއެރުމެއް ލިބުނީ މިދިޔަ އޮގަސްޓް މަހު ހަނދުގެ ދެކުނު ތަނބު ކައިރީގައި ޖައްވީ އުޅަނދެއް ޖެއްސި ފުރަތަމަ ގައުމަށް އަދި ރަޝިއާގެ އެފަދަ މިޝަންއެއް ނާކާމިޔާބުވިތާ ކުޑަ ދުވަސްކޮޅެއް ފަހުން ސޮފްޓް ލޭންޑިންއެއް ހާސިލްކުރި ހަތަރު ވަނަ ގައުމަށް ވުމުންނެވެ.

ސަރުކާރުން ބުދަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި 100 ޕަސެންޓާ ހަމައަށް ސެޓެލައިޓްތަކަށް ބޭނުންވާ ކޮމްޕޯނެންޓްސް އަދި ސިސްޓަމް ނުވަތަ ސަބް ސިސްޓަމްތައް އުފެއްދުމަށް ބޭރުގެ ކުންފުނިތަކަށް އިންވެސްޓް ކުރެވޭނެ ކަމަށެވެ.

އިންޑިއާގައި ސެޓެލައިޓް ހަދަން ރާވާ ބޭރުގެ ކުންފުނިތަކަށް އިންވެސްޓްމަންޓްގެ 74 ޕަސެންޓާ ހަމައަށް ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭނެ އެވެ. އަދި ލޯންޗް ވެހިކަލްތަކަށް އިންވެސްޓްކުރުމަށް ޓަކައި އެފަދަ ހުއްދައަކާ ނުލައި އިންވެސްޓްމަންޓް 49 އިންސައްތައަށް އަރާނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

އިންޑިއާއިން ޖައްވީ ލޯންޗްތައް ޕްރައިވެޓައިޒްކޮށްފައިވާއިރު، ދުނިޔޭގެ ލޯންޗް މާކެޓުގައި އެ ގައުމުގެ ހިއްސާ ފަސް ގުނަ އިތުރުކުރުމަށް އަމާޒު ހިފާފައިވާއިރު، 2032 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ އަގު 47.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ. ޖައްވީ އިގްތިސާދުގެ ގާތްގަނޑަކަށް ދެ ޕަސެންޓް ހިއްސާކުރަނީ އިންޑިއާ އިންނެވެ.
އެ ގައުމުން އުއްމީދު ކުރަނީ ޒަމާނުއްސުރެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ޖައްވީ ދާއިރާގެ ލިބަރަލައިޒްޑް އުސޫލްތަކަށް އީލޮން މަސްކްގެ ސްޕޭސް އެކްސް އާއި ޖެފް ބެޒޯސްގެ ބްލޫ އޮރިޖިން ފަދަ ގައުމުތަކުން ޝައުގުވެރިކަން އުފެދިގެން ދާނެ ކަމަށެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ރިފޯމްގެ ސަބަބުން ވަޒީފާ އިތުރުވެ، ކުންފުނިތަކަށް އިންޑިއާގައި މެނުފެކްޗަރިން ފެސިލިޓީތައް ގާއިމުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް ސަރުކާރުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!