ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފި
![](https://dhen.mv/wp-content/uploads/2024/02/421474699_3703978773147634_1452436576379378220_n-850x548.jpg)
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދާދިނުމުގެ ބޭނުމުގައި ތަރައްޤީ ކުރަމުންދާ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށްފިއެވެ.
އެޗްޑީސީން މިއަދު ބުނީ ގުޅީފަޅުގައި ތަރައްޤީކުރާ ސިޓީގެ ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށް ދޫކުރާ ގޯއްޗާއި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި އެ ސިޓީގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާނޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވެސް ބިން ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ތަޢުލީމީ ހިދުމަތާއި ސިއްހީ ހިދުމަތުގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތަށާއި ސިޓީ ހޮޓާ ތަރައްގީކުރުމަށް ވަކި ސަރަހައްދުތައް ކަނޑައެޅިފައިވާ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ ގުޅީފަޅުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމުގެ ބޭނުމުގައި ހިތްގައިމު ޕާކުތަކާއި، ކުޅިވަރުކުޅޭ ސަރަހައްދުތައް ތަރައްޤީ ކުރުމަށް ޕްލޭން ގައި ކަނޑައަޅާފައިވާ ކަމަށެވެ.
ގުޅީފަޅާއި މާލެ، ތިލަމާލެ ބުރިޖުން ގުޅާލާފައި ވުމަކީވެސް ގުޅީފަޅުގައި އާބާދުވާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
ދިރިއުޅުމުގެ ގިނަ ފަސޭހަތަކާ އެކު ތަރައްޤީ ކުރުމަށް ޕްލޭން ކުރެވިފައިވާ ގުޅީފަޅުގައި އިޤްތިޞާދީ މަސައްކަތްތަކަށް ވެސް ހާއްސަ ސަރަައްދުތައް ކަނޑައަޅާފައި ވެއެވެ.
މިިގޮތުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާއި އަށް ޚާއްސަ ސަރަހައްދުތަކެއް ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި ވެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހާއްސަކޮށް ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ވެސް ވަނީ ކަނޑައެޅިފައެވެ.