ދުނިޔެ

އިންޑިއާއާއި ބަންގްލަދޭޝްގެ ގުޅުން ބަދަހި ވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްއަކީ އިންޑިޔާގެ ނުފޫޒުގެ ދާއިރާގައި ހިމެނޭ މުހިންމު ގައުމެއްގެ ގޮތުގައި ބެލެވޭއިރު، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ވަނީ ބަންގްލަދޭޝްއާއެކު ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ. ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު މަގަކީ ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމެވެ.

Ads by WAMCO

ބަންގްލަދޭޝްގެ އެކި ސަރަޙައްދުތައް ތަރައްޤީކުރުމުގައި އިންޑިޔާއިން ޙަރަކާތްތެރިވަމުން އަންނައިރު، އޭގެ ތެރޭގައި، އެއަށްވުރެ ދުރު ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ބަންގްލަދޭޝްއާއެކު ކަނެކްޓިވިޓީ އިތުރުކުރުމާއި، އިޤްތިޞާދީ އަދި ހަކަތައިގެ ދާއިރާއިން އެއްބާރުލުން ދިނުން ފަދަ އެތައް ގޮތަކުން އިންޑިޔާގެ ދައުރު ވަނީ ހާމަވެފައެވެ. މަގުތަކާއި، ރޭލްވޭއާއި، ޝިޕިންގ އަދި ބަނދަރުފަދަ އެކި ދާއިރާތަކުން އުމްރާނީ ތަރައްޤީ ކުރުމަށް ޓަކައި ފާއިތުވި އަށް އަހަރުގެ ތެރޭގައި ނިއުދިއްލީން ވަނީ 4 ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ޑާކާއަށް ދީފައެވެ.

އިންޑިއާ އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރުން ގުޅިގެން އިފްތިތާހު ކުރެއްވި ގިނަ މެގަ ޕްރޮޖެކްޓްތަކުގެ އަމާޒަކީ މި ސަރަހައްދުގެ ކަނެކްޓިވިޓީ އާއި ހަކަތައިގެ ރައްކާތެރިކަން ހަރުދަނާ ކުރުމެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 392.52 ކްރޯޑް ރުޕީސްގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ އަޚައުރާ – އަގަރްތަލާ ކްރޮސް ބޯޑާ ރޭލް ލިންކް ޕްރޮޖެކްޓަކީ 12.24 ކިލޯމީޓަރުގެ ޑުއަލް ގޭޖް ރޭލް ލައިނެކެވެ. ޚުލްނާ – މޮންގްލާ ޕޯޓް ރޭލް ލައިން އަކީ އިންޑިއާ ސަރުކާރުގެ ކޮންސެޝަނަލް ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުން އައި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މޮންގްލާ ޕޯޓާއި ޚުލްނާގައި މިހާރު ހުރި ރޭލް ނެޓްވޯކާ ދެމެދު ގާތްގަނޑަކަށް 65 ކިލޯމީޓަރުގެ ބްރޯޑްގޭޖް ރޭލް ރޫޓެއް އެޅުން ހިމެނެ އެވެ. ބަންގްލަދޭޝްގެ ޚުލްނާ ޑިވިޝަންގެ ރާމްޕަލްގައި 1320 މެގަވޮޓް (2×660) މައިޓްރީ ސުޕަ ތާމަލް ޕަވާ ޕްލާންޓަކީ އިންޑިއާގެ އެންޓީޕީސީ ލިމިޓެޑާއި ބަންގްލަދޭޝް ޕަވާ ޑިވެލޮޕްމަންޓް ބޯޑް (ބީޕީޑީބީ) ގުޅިގެން ހިންގާ 50:50 ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ބަންގްލަދޭޝް-އިންޑިއާ ފްރެންޑްޝިޕް ޕަވާ ކޮމްޕެނީ (ޕްރައިވެޓް) ލިމިޓެޑް (ބީއައިއެފްޕީސީއެލް) އިން ހިންގަމުން އަންނަ ޕްލާންޓެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!