މުސާރަ ކުޑަކުރުމާއި ފައިސާ ނުލިބުމުގެ ސަބަބުން ޗައިނާ ގިނަ ބަޔަކު ހާލުގައި
އިޤްތިޞާދު ހީނަރުވުމާއި، ޑިފްލޭޝަނަރީ ޕްރެޝަރު އިތުރުވުމާއި، ޗައިނާގައި ވަޒީފާ ނެތް މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން އެޤައުމުގައި މުސާރައާއި އުޖޫރަ ދަށްވެ، ދައްކަންޖެހޭ ފައިސާ ވެސް ވަނީ އިތުރުވެފައެވެ. މުސާރަ ކުޑަކުރުމުގެ ސަބަބުން ސިވިލް ސާވަންޓުންނާއި ޑޮކްޓަރުންނާއި މުދައްރިސުންގެ އިތުރުން ސިފައިންނަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. ދިރިއުޅުމަށް ބޭނުންވާ ފައިސާ ހޯދަން ކުރާ މަސައްކަތުގެ ސަބަބުން ޗައިނާ ގެ ރައްޔިތުންގެ މެދުގައި ވަނީ މާޔޫސްކަން އުފެދިފަ އެވެ.
ބެއިޖިންއަށް ނިސްބަތްވާ ކަންގް ޑެކިއާންގް މާކެޓިން އެގްޒެކެޓިވްގެ ވަޒީފާ ގެއްލުމުން، ލޯކަލް ކޮލެޖް ޑޯމިޓަރީއެއްގައި މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި ހަވީރު ކޮފީ ޝޮޕެއްގައި މޫންލައިޓް ވެސް މަސައްކަތް ކުރަން މަޖުބޫރުވެއްޖެ އެވެ. އޭނާ ބުނި ގޮތުގައި މިހާރު ލިބޭ އާމްދަނީއަކީ ކުރިން ލިބެމުން އައި އާމްދަނީގެ އެންމެ 20 ޕަސެންޓެވެ. ބޮޑު މުސާރައެއް ލިބޭ ވަޒީފާއަކަށް ނުރުހޭ މީހަކު ނެތެވެ. އެކަމަކު އިގްތިސާދު މިދަނީ ދަށަށް. ދެން އެންމެ ރަނގަޅު ކަމަކަށް ސެޓްލްވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ރިކްރޫޓްމަންޓް ޕްލެޓްފޯމް ޒައޯޕިން އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި ޗައިނާގެ ތިންބައިކުޅަ އެއްބައި އޮފިސަރު މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ސިޓީތަކުގެ އެވްރެޖް މުސާރަ 1.3 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މިއީ 2016 ވަނަ އަހަރަށްފަހު އެންމެ ދަށް އަދަދެވެ. ބެއިޖިންގައި 2.7 ޕަސެންޓް އަދި ގުއާންޒޫގައި 4.5 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. ޝަންހާއީ އާއި ބެއިޖިންގައި ވަޒީފާ އަދާކުރާ މީހުންގެ މުސާރަ 2023 ވަނަ އަހަރުގެ ފަހުކޮޅު ވަނީ ނުވަ ޕަސެންޓާއި ހަ ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ޗައިނާގައި މުސާރައިގެ ކުރިއެރުން މަޑުމަޑުން ދަށަށް ގޮސްފައިވާއިރު، މީގެ އަހަރުތަކެއް ކުރިން ދެ ޑިޖިޓްގެ ކުރިއެރުމެއް ލިބުނު ނަމަވެސް 2022 ވަނަ އަހަރު އެ އަދަދު ވަނީ އެންމެ 3.7 ޕަސެންޓަށް ދަށްވެފަ އެވެ. 2023 ވަނަ އަހަރު މުސާރައިގެ ކުރިއެރުން ނެގެޓިވްވެފައިވާއިރު، ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2023 ވަނަ އަހަރުގެ މެދުތެރޭގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މައްޗަށް ދިޔައިރު ވެސް އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެންމެ ބޮޑު ގެއްލުމެއް މާލީ ދާއިރާއަށް ލިބުނީ ރައީސް ޝީ ޖިންޕިންގެ "ކޮމަން ޕްރޮސްޕެރިޓީ" ކެމްޕެއިނާ އެއްގޮތަށް ބޭންކުތަކުން މުސާރަ 15-40 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކުޑަކުރުމުންނެވެ.