ދުނިޔެ

އަމާޒު ހުރީ އިންޑިއާގެ އިޤްތިޞާދު އަދިވެސް ބޮޑުކުރަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިއަށް އޮތް ލޯކް ސަބާ އިންތިހާބުގައި އަލުން ވެރިކަމަށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ އެމަނިކުފާނުގެ ތިން ވަނަ ދައުރުގައިއިންޑިއާ އަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިގްތިސާދަކަށް ހެދުމުގެ "ފުރިހަމަ ޔަގީންކަން" ދެއްވާފައިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ވިދާޅުވެއްޖެއެވެ.

Ads by WAMCO

އިންޑިއާއިން ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ2047 ވަނަ އަހަރު އަންނަންވާއިރަށް އިންޑިއާއަކީ ކުރިއަރާފައިވާ ގައުމަކަށް ހެދުމުގެ އަމާޒަކީއިންޑިއާގެ ކޮންމެ ރައްޔިތެއްގެވެސް އުއްމީދު ކަމުގައެވެ.

"އަހްލާން މޯދީ" އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ އިންޑިއާގެ ކޮންމެ މީހެއްގެ ގާބިލުކަމާ މެދު ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށާއި، އޭގެ މައްޗަށް ބައްލަވާލައްވަމުން މޯދީވަނީ އެމަނިކުފާނުގެ ތިން ވަނަ ދައުރުގައި އިންޑިއާ އަކީ ތިން ވަނަ އަށް އެންމެ ބޮޑުއިގްތިސާދަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މިއަދު އިންޑިއާގެ ކޮންމެ މީހެއްގެ ވެސް އަމާޒަކީ 2047 ވަނައަހަރު އަންނަންވާއިރަށް އިންޑިއާއަކީ ތަރައްގީވެފައިވާ ގައުމަކަށްހެދުން.

މޯދީ ވިދާޅުވި އެވެ.

މޯދީ ފާހަގަކުރެއްވި ގޮތުގައި އިންޑިއާއަކީ ފުރަތަމަ ފަހަރަށް މާސްއަށް ގޮސް ހަނދުގެ ދެކުނުތަނބުގައި ޖައްސާ ގައުމެވެ. އަދި ފިންޓެކް އެޑޮޕްޝަން ރޭޓުގެ އެއް ވަނައިގައި އިންޑިއާ އޮތްއިރު، ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ސްޓާޓްއަޕް އިކޯސިސްޓަމް އޮންނަ ގައުމަކީ އިންޑިއާކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެ ގައުމަކީ ކޮބައި ހެއްޔެވެ؟ ދުނިޔޭގެތިންވަނައަށް އެންމެ ބޮޑު ސްޓާޓްއަޕް އިކޯސިސްޓަމް އޮންނަނީ ކޮން ގައުމެއްގައި ހެއްޔެވެ؟ އެ ގައުމަކީ އިންޑިޔާ" މޯޑީ ވިދާޅުވިއެވެ.

"ފިންޓެކް އެޑޮޕްޝަން ރޭޓުގެ އެއް ވަނައިގައި އޮތީ ކޮން ގައުމެއް ހެއްޔެވެ؟ އެންމެ ގިނައިންކިރު އުފައްދާ ގައުމަކީ ކޮން ގައުމެއް ހެއްޔެވެ؟ އިންޓަނެޓް ބޭނުންކުރާ މީހުންގެ ތެރެއިން ދެވަނައިގައި އޮތީ ކޮން ގައުމެއް ހެއްޔެވެ؟ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު މޮބައިލް ފޯނުއުފައްދާ ގައުމަކީ ކޮން ގައުމެއް ހެއްޔެވެ؟ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ސްޓާޓްއަޕްއިކޯސިސްޓަމް އޮންނަނީ ކޮން ގައުމެއްގައި ހެއްޔެވެ؟ އެގައުމަކީ އަޅުގަނޑުމެންގެ އިންޑިއާ،" މޯދީވިދާޅުވި އެވެ.

"މާސްއަށް އެންމެ ފުރަތަމަ ދިޔައީ ކޮން ގައުމަކުންތޯ؟ އަޅުގަނޑުމެންގެ އިންޑިޔާ. ހަނދުގެސައުތު ޕޯލްއާ ހަމައަށް އާދެވުނީ ކޮން ގައުމަކުން ހެއްޔެވެ؟ އަޅުގަނޑުމެންގެ އިންޑިޔާ. އެއްފަހަރާ100 ސެޓެލައިޓް ފޮނުވާލުމުގެ ރެކޯޑް ހެދީ ކޮން ގައުމަކުން ހެއްޔެވެ؟ އަޅުގަނޑުމެންގެ އިންޑިޔާ.އަމިއްލައަށް 5ޖީ ޓެކްނޮލޮޖީ އުފައްދައި އެންމެ އަވަހަށް ތައާރަފްކުރީ ކޮން ގައުމަކުން ހެއްޔެވެ؟އަހަރެމެންގެ އިންޑިއާ." އިންޑިއާއިން ހާސިލްކޮއްފައިވާ ކާމިޔާބީތަކަށް އިޝާރާތް ކުރައްވަމުން މޯދީ ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ 13 އިން 14 އަށް ބޮޑުވަޒީރު މޯދީ ޔޫއޭއީއަށް ވަޑައިގަތުމަށްފަހު ދޯހާއަށްވަޑައިގަންނަވާނެ އެވެ. މިދަތުރުގައި އަބޫދާބީގެ ފުރަތަމަ ހިންދޫ ޓެމްޕަލް މާދަމާ މޯދީ ހުޅުއްވައިދެއްވާނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!